News

އަމާޒަކީ ކުރީ ސީޒަނަށްވުރެ ރަނގަޅު ނަތީޖާއެއް: އިންމަ

6 ނޮވެމްބަރު 2020






އާ ސީޒަނާއި ދަ ގްރާންޑޭ އިންް ކުރިމަތިލާނީ މިިދިޔަ ސީޒަނަށްވުރެ ކުރިއަށް މި ސީޒަނުގައި ދިޔުމަށް އަމާޒުކޮށްގެން ކަމަށް ދަ ގްރާންޑޭގެ ކޯޗު އިސްމާއީލް މަހްފޫޒް (އިންމަ) ބުނެފިއެވެ.


ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފަހުން ފަރިތަކުރުންތައް ފެށި ޓީމަކީ ދަ ގްރާންޑޭ އެވެ. އެކި ގޮންޖެހުންތަކާއެކު އެ ޓީމު މިދިޔަ ސީޒަން ނިންމާލީ ފަސްވަނައިގައި އޮވެގެންނެވެ. ނަމަވެސް މިދިޔަ ސީޒަން އެ ޓީމުން ޓާގެޓުކުރީ ގަދަ ހަތަރެކެވެ. 


ފުރަތަމަ ފަރިތަކުރުންތަކުގެ ކުރިން މީޑިއާއާއި ވާހަކަދައްކަމުން އިންމަ ބުނީ މާލީ މައްސަލަތަކާ އެހެނިހެން ކަންތައްތަކުގެ ސަބަބުން މިިދިޔަ ސީޒަނަށް ކަނޑައެޅި ޓާގެޓް ހާސިލުނުވި ނަމަވެސް މި ސީޒަނުގައި ބޭނުންވަަނީ އެއަށްވުރެ ރަނގަޅު ނަތީޖާއެއް ކަމަށެވެ.ިއަދި މިދިޔަ ސީޒަނުގައިވެސް އެ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއް މިހާރުވެސް އެ ޓީމުގައި އެބަތިބި ކަމަށާއި، އެހެންކަމުން އެ ހިތްހަމަޖެހުން އެބައޮތް ކަމަށެވެ.


ފުރަތަމަ ޑިވިޝަނުގައި މިދިޔަ ސީޒަނުގައި އަލަށް ވާދަކުރަން ފެށި ދަ ގްރާންޑޭއާއެކު އިންމަ ރަނގަޅު މަސައްކަތްތަކެއް ކުރިއެވެ. އަދި ބޮޑު ކުރިއެރުންތަކެއް ހޯދިއެވެ. ނަމަވެސް ސީޒަންގެ ވަކި ހިސާބަކުން ޓީމަށް މައްސަލަ ދިމާވާން ފެށިއެވެ. އެއާއެކު އޭގެ އަސަރު ނަތީޖާއަށްވެސް ކުރިއެވެ.


ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން ޑިސެމްބަރު 13 ގައި ފަށާއިރު ލީގުގައި ދަ ގްރާންޑޭ ކުޅޭ ފުރަތަމަ މެޗުގައި ޑިސެމްބަރު 14 ވަނަ ދުވަހު ބައްދަލުކުރާނީ ޓީސީއާއި ދެކޮޅަށެވެ. ލީގު ފަށާނީ ޑިސެމްބަރު 8 ގައި ޗެރިޓީ ޝީލްޑް މެޗުންނެވެ.


ފޮޓޯ: އެފްއޭއެމް

da grande Imma

Leave a Comment:

Comments will be published after moderation.