News
އިރޭ މާޒިޔާއާއެކު އެއްބަސްވުން އާކޮށްފި
8 މާރިޗު 2019
ޤައުމީ ޓީމުގެ މެދުތެރެއަށް ކުޅެމުން އަންން މުހައްމަދު އިރުފާން މާޒިޔާއާއެކު އިތުރު 3 އަހަރަށް އެއްބަސްވުން އާކޮށްފިއެވެ.
2012 ވަނަ އަހަރު ވެލެންސިޔާއިން ސީނިއަރ ކެރިއަރ ފެށި މިކުޅުންތެރިޔާ މާޒިޔާއަށް ބަދަލުވީ 2014ވަނަ އަހަރުގައެވެ. އޭރުއްސުރެ މިއަދާ ޖެހެންދެންވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރުފާންވަނީ 23 އަހަރުން ދަށުގެ ޓީމް މަހިންދަ ރާޖް ޕަކްސަ މުބާޜާތުގެ ތަށި އުފުއްލާލިއިރު މުހިންމު ދައުރެއް އަދާކޮށްފައެވެ. މީގެ އިތުރުން މިފަހަރު ސާފް ޗެމްޕިއަންޝިޕް ނެގި ދިވެހި ޓީމްގައިވެސް މިކުޅޫންތެރިޔާ ހިމެނެއެވެ.
އިތުރު ތިން އަހަރަށް އެއްބަސްވުން އާކުރި މާޒިޔާގެ ވައިސް ކެޕްޓަން 'ބޯޅަޑޮޓްއެމްވީ'އިން އެއްބަސްވުން އާކުރުމާއި ޓީމުގައި މިހާ ގިނަދުވަހު ހުރި ސަބަބާއި، ކުރިމަގަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއި ބެހޭގޮތުން ސުވާލުކޮށްލުމުން، ޖަވާބުގައި އިރޭ ބުނެފައިވަނީ، "ކޮންޓްރެކްޓް އާކުރީ ޓީމާމެދު ހިތްހަމަޖެހޭތީ. އިނގޭނެ ކަންނޭނގެ މާޒިޔާފަދަ ހެޔޮ މެނޭޖްމެންޓްއެއް އޮތްފަދަ ކްލަބެއް މިވަގުތު ދެން ނޯންނާނެކަން. މެނޭޖްމެންޓުން އަޅުގަނޑަށް އަޅާލާއިރު އާއިލާއެއްގެ އަޅާލުމުގެ އިހުސާސްވޭ. މާޒިޔާ އެންމެންނަކީވެސް އާއިލާއެކޭ ވާހަކައަކީ. ޓާގެޓަކީ ފުޓުބޯޅައިން ދެވުނު އެންމެ މައްޗަކަށް ދިޔުން.."
ޓްރާންސްފަރ ބާޒާރުގެ ފޯރި އިންތިހާއަށް ގަދަވެފައިވާ މިދުވަސްކޮޅުގައި މާޒިޔާއިންވަނީ މުޅިން އަލަށް ތިނ ކުޅުންތެރިން ޓީމާ ގުޅުންކަން އާންމުކޮށް ހާމަކޮށްފައެވެ. އެގޮތުން ހުސައިން ނިހާން އަދި އިބްރާހީމް ވަހީދު ހަސަން ހިމެނެއެވެ.
ފޮޓޯ:ފޭސްބުކް/މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
Maziya Sports and Recreation Club