News

ރިއާލްގެ ކެޕްޓަން ރާމޯސް އެކްލަބަށް 100 ވަނަ ގޯލް ޖަހައިދީފި!

4 ނޮވެމްބަރު 2020






 ރިއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އެކްލަބަށް  އޭނާގެ 100 ވަނަ ގޯލު ޖަހައިދީފިއެވެ. 


ރާމޯސް އޭނާގެ 100 ވަނަ ގޯލް ހަމަކުރުމަށްފަހު ބުނީ އެ ގޯލަށްފަހު ވެސް އަދި ބައެއް ރެކޯޑްތައް ހެދޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. 


ރާމޯސް ރެއާލް މެޑްރިޑަށް ޖަހައިދިން ސަތޭކަ ވަނަ ގޯލް ކާމިޔާބުކުރީ ޗެމްޕިއަންސް ލީގުގައި މި ސީޒަނުގައި އެޓީމު މޮޅުވި ފުރަތަމަ މެޗުކަމުގައިވާ އިންޓަ މިލާނާއި ދެކޮޅަށް ކުޅުނު މެޗެއްގައެވެ. 


އެ ގޯލަކީ އެ ކްލަބަށް އޭނާ ބޮލުން ފޮނުވާލި ބޯޅަ އަކުން ކާމިޔާބު ކުރި ލަނޑެކެވެ. އެއީ ރާމޯސް ބޮލުން ޖަހާ ކާމިޔާބުކުރި 55 ވަނަ ލަނޑެވެ. 


އޭގެ އިތުރުން ރާމޯސް ވަނީ އޭނާގެ ކްލަބަށް 21 ޕެނަލްޓީއާއި ދެ ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިން ދެ ގޯލާއި ކުޅުމުގެ ތެރެއިން ފައިން ބޯޅައިގައި ޖަހާ ގޯލަށް އަމާޒުކުރި 22 ލަނޑު ކާމިޔާބުކޮށްދީފައެވެ. 



 34 އަހަރުގެ ޑިފެންޑަރ ރާމޯސް ވަނީ ޗެމްޕިއަންސް ލީގުގައި 11 ސީޒަނެއްގައި 14 ގޯލު ޖަހާފައެވެ. ރާމޯސްވަނީ ލަލީގާގައި 74 ގޯލް ޖަހާފައެވެ. އޭގެ ތެރޭގައި އޭނާ ސެވިލާއަށް ޖަހައިދިން ދެ ލަނޑުވެސް ހިމެނެއެވެ. އަދި ސްޕެނިޝް ކަޕްގައިވެސް ހަތް ގޯލު ޖަހާފައިވެއެވެ.


 ރާމޯސް ވަނީ ރިއާލް މެޑްރިޑަށް މުޅިއެކު 659 މެޗުގައި ކުޅެ 22 ތަށި ހޯދައިދީފަ އެެވެ.  އޭނާ ހަމަކުރި 100 ވަނަ ގޯލާއި އެކު އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ޑިފެންޑަރަށްވުން އެންމެ ގާތް ކުޅުންތެރިޔާ ކަމަށް ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ. 

football

Leave a Comment:

Comments will be published after moderation.