News
އާ ކުޅުންތެރިންތަކެއް ސްކޮޑުގައި ހިމަނާ ޓީސީން މިއަދު ޕްރެކްޓިސް ފަށަނީ
4 ނޮވެމްބަރު 2020
ޓީސީ ސްޕޯޓްސް ކްލަބުން އާ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާ މިއަދު ހަވީރު ޕްރެކްޓިސް ފަށަން ތައްޔާރުވެއްޖެއެވެ.
ބޯޅައެމްވީ އަށް މައުލޫމާތު ދެއްވަމުން ޓީސީގެ އޮފިޝަލަކު ވިދާޅުވީ ޕްރެކްޓިސް ފަށާނީ މިއަދު އިރުއޮއްސި ހައެއް ޖަހާއިރު ޓާފް 2 ގައި ކަމަށެވެ.
މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާ އޭއެފްސީ ކަޕުން ވެސް ޖާގަ ހޯދި ޓީސީން ވަނީ އެޓީމުގެ ސްކޮޑަށް ޒުވާން ކުޅުންތެރިންތަކެއްގެ ސޮއިވެސް ހޯދާ އިއްޔެ އެ ކްލަބުގެ ފޭސްބުކް ޕޭޖްގައި ކުޅުންތެރިންގެ ނަންތައް ހާމާކޮށްފައެވެ.
ޑިފެންޑަރުންގެ ގޮތުގައި ޓީސީއަށް ސޮއި ކުރީ އިބްރާހީމް އިސްމާއިލް، ހަމްދޫން އަބްދުއް ލަތީފް، މުހައްމަދު މާޒިން، އަހުމަދު މާއިޝް ރަޝީދު އަދި އަހުމަދު އަމްޖަދެވެ.

ފޯވާޑުންގެ ގޮތުގައި ޓީސީއާއި ގުޅުނީ މުހައްމަދު ދާނިޝް އިބްރާހިމް، ޒަޔާން ނަސީރު، އަބްދުﷲ މުއާޒްއެވެ.
މި ކުޅުންތެރިންގެ އިތުރުން ޓީސީއާއި ގުޅުނު މިޑްފީލްޑަރުންނަކީ ހަސަން އަޒުމު އަލީ އާއި އަހުނަފް މުހައްމަދު ތަސްނީމެވެ.
އަރަމުން އަންނަ ޒުވާން މި ކުޅުންތެރިންނާއި އަދި މިދިޔަ ސީޒަނުގައިވެސް ކްލަބުގައި ތިބި ތަޖްރިބާކާރު ބައެއް ކުޅުންތެރިންނާއި އެކު މިއަދު ޕްރީ ސީޒަން ފްރެކްޓިސް ފަށާއިރު މިސީޒަނުގައިވެސް ޓސީ ކުޅުންތެރިންނަށް އިރުޝާދު ދެނީ ރާއްޖޭގެ ތަޖްރިބާކާރު އަދި އޭއެފްސީ ޕްރޯ ލައިންސަސް ހާސިލްކޮށްފައިވާ ކޯޗް މުހައްމަދު ޝާޒްލީ (ޝާޒް) އެވެ.
ފޮޓޯ: ޓީސީގެ ފޭސްބުކް ޕޭޖް
TC Sports Club Shaz