News

އިނގިރޭސި ޕްރިމިއާ ލީގް: ފަސޭހަ މޮޅަކާއި އެކު ލެސްޓާ ސިޓީ ތާވަލުގެ ދެވަނައަށް

3 ނޮވެމްބަރު 2020






އިނގިރޭސި ޕްރިމިއާ ލީގުގައި ފަސޭހަ މޮޅަކާއި އެކު ލެސްޓާ ސިޓީ ތާވަލުގެ ދެވަނަ އަށް އަރައިފިއެވެ.


ހޯމަދުވަހުގެ ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ލެސްޓާ ސިޓީން ވަނީ 1-4 ން ލީޑްސް ޔުނައިޓެޑް ބަލިކޮށްފައެވެ.


ރޭގެ މެޗުގެ ފުރަތަމަ ހާފުގެ ދެވަނަ މިނިޓްގައި ލެންޓާ ސިޓީން ކުރި ހޯދިއެވެ. އެޓީމަށް ލީޑް ނަގައިދިނީ ހާވީ ބާންސްއެވެ. 1-0 ގެ ނަތީޖާގައި އޮއްވާ 21 ވަނަ މިނިޓްގައި ލީޑް ފުޅާ ކޮށްދިނީ ލެސްޓާގެ ޔޫރީ ޓީލެމެންސް އެވެ.


ދެވަނަ ހާފްގެ ކުޅުންފެށިގެން މާގިނަ އިރު ތަކެއް ނުވެ ލީޑްސް އިންވެސް ގޯލެއް ކާމިޔާބު ކުރިއެވެ. މިއީ މެޗުގެ 48 ވަނަ މިނިޓްގައި ލެސްޓާގެ ސްޓްއާޓް ޑަލަސް ގޯލަށް އަމާޒުކުރި ހަމަލާއެކެވެ. އެ ލަނޑާއި އެކު ލީޑްސްއަށް އިތުރު ގޯލެއް ނުޖެހިގެން އުޅެނިކޮން މެޗުގެ 76 ވަނަ މިނިޓްގައި ލެސްޓާގެ ޖެމީ ވާޑީ ވަނީ ލަނޑެއް ޖަހާފައެވެ. އަދި ލެސްޓާގެ ހަތަރުވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނު ފަހުން އިރުތު ވަގުތުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ޓީލެމެންސް ކާމިޔާބުކޮށްދިން ގޯލެކެވެ. 


ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު އެއްވަނައިގައި އޮތީ 16 ޕޮއިންޓާއި އެކު ލިވަޕޫލެވެ. ދެވަނައިގައި ލެސްޓާ ސިޓީ އޮތީ 15 ޕޮއިންޓާއެކުއެވެ. 14 ޕޮއިންޓާއި އެކު ތިންވަނައިގައި މިވަގުތު އޮތީ ޓެޓެންހަމް ހޮޓްސްޕާސް އެވެ. ހަތަރުވަނައިގައި އެވަޓަން އޮތް އިރު ފަސްވަނަ ގައި އޮތީ ސައުތެމްޓަންއެވެ. މި ދެޓީމަށްވެސް ލިބިފައިވަނީ 13 ޕޮއިންޓެވެ. 

football

Leave a Comment:

Comments will be published after moderation.