News
ފުވައްމުލައް ސިޓީގެ ފުޓްބޯޅަ ދަނޑުގައި ޓާފް އަޅާ ނިންމާލައިފި
3 ނޮވެމްބަރު 2020
ފުވައްމުލައް ސިޓީގެ ސަރުކާރުން ތަރައްގީ ކުރި ޓާފް ދަނޑުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފިއެވެ.
މި ދަނޑުގައި ޓާފް އަޅާ ނިންމިކަން ހާމަކުރައްވާ ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުވައްމުލަކު ފުޓްބޯޅަ ދަނޑުގެ ފުރަތަމަ މަރްހަލާގެ މަސައްކަތް ނިންމާލާފައިވާ ކަމަށާއި ދެން ހިމެނޭ މަސައްކަތްތައް ކުރުމަށް އެރަށި ކައުންސިލަށް ހުއްދަ ދީފައިވާ ކަމަށެވެ. ދެވަނަ ފިޔަވަހީގައި ހިމެނޭ މަސައްކަތްތަކަކީ ފުޓްބޯޅަ ދަނޑުގެ ވަށައިގެން ފެންސް ޖެހުމާއި ލައިޓިން ސިސްޓަމް އިންސްޓޯލް ކުރުމުގެ މަސައްކަތެވެ.
މިނިސްޓަރ ވިދާޅުވީ މި މައްސަކަތް އަވަސް މުސްތަގްބަލެއްގައި ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ފުވައްމުލަކުގައި ތަރައްގީ ކުރި ޓާފް ދަނޑުގެ މަސައްކަތަށް ޔޫތް މިނިސްޓްރީގެ ސްޓާފުންނާއި އެސިޓީގެ އެކި ދާއިރާތަކުގެ މަޖިލީސް މެންބަރުންނާއި ކައުންސިލުން ދެއްވި އެއްބާރުލުން ފާހަގަ ކުރައްވާ މިނިސްޓަރ މަހްލޫފު ވަނީ އެފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.
ފުވައްމުލައް ސިޓީގެ އިތުރުން ސަރުކާރުން ވަނީ އުތުރާއި ދެކުނުގައި ރަނގަލު ފެންވަރުގެ ޓާފް ދަނޑުތައް ގާއިމްކޮށްފައެވެ. މުޅި ރާއްޖޭގައި 100 ޓާފް ދަނޑު އެޅުމަކީ މި ސަރުކާރުގެ ކުލިވަރު ސިޔާސަތުގެ ހިމެނޭ ރިޔާސީ ވައުދެކެވެ.
football