News
މާޒިޔާއިން އާ ކީޕަރެއް ގެނެސް، ޕީޓާގެ ކޮންޓްރެކްޓް އާކޮށްފި
2 ނޮވެމްބަރު 2020
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ސާބިއާގެ ޑިފެންޑަރު ޕީޓާ ޕްލެނިކްގެ ކޮންޓްރެކްޓް އާކޮށް ސާބިއާގެ ކީޕަރެއް ގެނެސްފިއެވެ.
މިއަދު އެ ކުލަބުން އަންނަ ސީޒަނާއި ހަމައަށް ޕީޓާގެ ކޮންޓްރެކްޓް އާކުރުމަށް އިއުލާނުކުރި އިރު އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ގެނެސްފައިވާ ސާބިއާގެ ގޯލް ކީޕަރަކީ ނިކޮލާ ވުޖަނެކް އެވެ.
އޭނާ އަކީ ރާއްޖެއަށް މުޅިން އާ ކުޅުންތެރިއެކެވެ. އެންމެ ފަހުން މިދިޔަ ސީޒަނުގައި ކުޅެފައިވަނީ ސާބިއާގެ ދެވަނަ ޑިވިޝަނުގެ ކްލަބެއް ކަމުގައިވާ އެފްކޭ ވިޖެދްކާއަށެވެ.

މާޒިޔާއިން އަލަށް ގެނައި ކީޕަރު
ޕީޓާ އަކީ ޖެނުއަރީ 2019އިން ފެށިގެން އެ ޓީމާ އަލަށް ގުޅުނު ޑިފެންޑަރެކެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ލީގުގެ ފަހު ބުރުގައި އަދި އޭއެފްސީ ކަޕްގައި ވެސް މާޒިޔާއަށް ކުޅެފައެވެ.
ފޮޓޯ: މާޒިޔާ
Maziya Sports and Recreation Club