News

އިންޓަރ ސްކޫލް: ގްރޫޕް ސްޓޭޖް ފަހު މެޗުތަކާއި ކުރިމަތި ލާއިރު ގްރޫޕް "ބީ" ގެ ހާލަތު

7 މާރިޗު 2019






މިހާރު ކުރިއަށްދާ މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މިހާރު މިވަނީ ހުރިހާ ޓީމުތަކުންވެސް ގްރޫޕް ސްޓޭޖްގެ ފަހު މެޗުތަކާއި ކުރިމަތިލާން ޖެހިފައެވެ. ގްރޫޕް ސްޓޭޖް ފަހު މެޗުތަކަށް ޓީމުތަކަށް ނިކުންނައިރު ބައެއް ޓީމުތަކުން މިހާރުވެސް ވަނީ މުބާރާތުގެ ދެވަނަ ބުރު، ކުއާޓަރ ފައިނަލް ބުރުން ފުރުސަތު ހޯދާފައެވެ. ނަމަވެސް ބައެއް ޓީމުތަކަށް ފަހު މި މެޗުގެ ނަތީޖާތައް މުބާރާތުގައި ކުރިއަށް ދިއުމަށް ވަރަށް މުހިއްމުވެއެވެ.

ގްރޫޕް ބީ

މި ގްރޫޕްގައި ހިމެނެނީ ހިރިޔާ ސްކޫލް، ކަލާފާނު ސްކޫލް، ދަރުމަވަންތަ ސްކޫލް އަދި އަތޮޅު ތެރެއިން މިފަހަރުގެ މުބާރާތުގައި ހަމައެކަނި ބައިވެރިވާ ޓީމުކަމަށްވާ ކ.ގުޅީ ސްކޫލެވެ. އެހެން ގްރޫޕްތަކާއި ހިލާފަށް މި ގްރޫޕް، ގްރޫޕް ސްޓޭޖް ފަހު މެޗުތަކަށް ނިކުންނަ އިރު މިވަނީ ކުއާޓަރ ފައިނަލަށް ދަތުރު ކުރާ ޓީމުތަށް ޔަގީންވެ ނިމިފައެވެ.

ކުޅުނު ދެމެޗުން މޮޅުވެ  މި ގްރޫޕްއިން އެއްކޮޅުން ހިރިޔާ ސްކޫލް ކުއާޓަރ ފައިނަލަށް ގޮސްފައިވާއިރު ކުޅުނު ދެމެޗުން މޮޅުވެ ދަރުމަވަންތަވެސް މިވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. މި ގްރޫޕްގައި ބާކީ އޮތް ދެ ޓީމުކަމަށްވާ ކ.ގުޅީ ސްކޫލް އަދި ކަލާފާނު ވަނީ މުބާރާތުގައި މި ދެޓީމު ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވެފައިވާތީ މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުޞަތު އެއްކޮށް ގެއްލިފައެވެ.

މިވަގުތު ގްރޫޕް ތާވަލްގެ އެއްވަނަ މަޤާމްގައި ފައިދާ ގޯލްގެ ތަފާތުން ހިރިޔާ އޮތް ނަމަވެސް މަޤާމް ޔަގީން ކުރެވޭނީ ގްރޫޕް ސްޓޭޖް ފަހު މެޗުގައި ހިރިޔާ އަދި ދަރުމަވަންތަ މެޗަށް ފަހުގައެވެ. މެޗުގެ ނަތީޖާ އެއްވަރުވެއްޖެނަމަ ގްރޫޕުގެ އެއްވަނައިގައި ދެވަނަ ބުރަށް ދާނީ ހިރިޔާ އަދި ދެވަނަ ޓީމެއްގެ ގޮތުގައި ދާނީ ދަރުމަވަންތަ އެވެ. އެހެން ގޮތަކަށް ބުނަނީނަމަ ކުއާޓަރ ފައިނަލްގައި މި ގްރޫޕްގެ ޓީމުތައް ވާދަކުރަން ޖެހޭނީ ގްރޫޕް އޭ އިން ދެވަނަ ބުރަށް އަންނަ ޓީމުތަކާއެވެ. އެހެން ކަމުން ގްރޫޕް އޭ ގެ އެއްވަނަ ޓީމާއި މި ގްރޫޕްގެ ދެވަނަ ޓީމައި ބަށްދަލުކުރަން ޖެހޭއިރު ގްރޫޕް އޭ ގެ ދެވަނަ ޓީމު ބަށްދަލުކުރާނީ މި ގްރޫޕްގެ އެއްވަނަ އާއެވެ.

އިންޓަރ ސްކޫލް ފުޓްބޯލް ޓްވާރޑްސް ފިއުޗަރ

Leave a Comment:

Comments will be published after moderation.