News
ޅ. ކުރެންދޫ ފުޓްސަލް ކަޕް2020ގެ ފިރިހެންބައިގެ ޗެމްޕިއަންކަން ޗެލްސީ އަށް
31 އޮކްޓޯބަރު 2020
ޅ. ކުރެންދޫ ފުޓްސަލް ކަޕް2020 ފިރިހެންބައިގެ ޗެމްޕިއަންކަން ޗެލްސީން ހޯދައިފިއެވެ ޗެލްސީން ޗެމްޕިއަންކަން ހޯދީ އަދާ ސްޕީޑްސް 4-3 ގެ ނަތީޖާ އަކުން ބަލިކޮށްގެންނެވެ.
އޮކްޓޯބަރު މަހުގެ 23 ގައި ފެށި މި މުބާރާތުގައި އަންހެން ތިން ޓީމް ބައިވެރިވެފައިވާއިރު، ފިރިހެންބައިގައި ފަސްޓީމް ވަނީ ބައިވެރިވެފައެވެ. ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު ފިރިހެން ބައިގެ ފައިނަލްމެޗްގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދީ ޗެލްސީގެ ޖާރޒީ ނަންބަރު 1 މުހައްމަދު މާހިލް އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ އަދާ ސްޕީޑްގެ އަހްމަދު ނާޒިމާއި އަހްމަދު އިކްރާމްގެ އިތުރުން ޗެލްސީގެ އަބްދުﷲ ނާޒިމް އާއި މުހައްމަދު މާހިލް އަދި ކޭވައިއެމްގެ އަހްމަދު އިކްރާމް އެވެ.
ކުރެންދޫ ކޮމިއުނިޓީ ސެންޓަރާއި ކުރެންދޫ ކައުންސިލް އަދި ކުރެންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކޮންމެ އަހަރަކު ބާއްވާ މި މުބާރާތަކީ އެރަށުގެ ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތުފަހިކޮށްދިނުމަށާއި އެއްބައިވަންތަކަން އާލާކޮށް އަދި ކުޅިވަރުގެ ރޫހު ޒުވާނުން މެދުގައި އުފެއްދުމެވެ.
މީގެ ކުރިން ގިނަ ޓީމްތަކެއް މި މުބާރާތުގައި ބައިވެރިވެފައިވީނަމަވެސް މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ މަދު ޓީމެކެވެ. ކޮވިޑް19 އާ ގުޅިގެން މާލީގޮތުން ޓީމްތައް އިނދެޖެހި މި އަހަރުގެ މުބާރާތުން ފެނިގެން ގޮސްފައިވަނީ އަންހެން ފިރިހެން އެކު ޖުމުލަ އަށް ޓީމެވެ.