News

ކޮރަޕްޝަންގެ ދައުވާ ޕީއެސްޖީގެ ރައީސްގެ މައްޗަށް ސާބިތެއް ނުވި

31 އޮކްޓޯބަރު 2020






ޕީއެސްޖީގެ ރައީސް ނާސިރު އަލް ހެލައިފީ އާއި ދެކޮޅަށް ސްވިޒަލޭންޑްގެ ޕްރޮސެކިއުޓަރުން އުފުލި ކޮރަޕްޝަންގެ ދައުވާ އިން ސަލާމަތް ވެއްޖެއެވެ. 


ގަތަރުގެ ވިޔަފާރިވެރިޔާ އަދި ބެއިން މީޑިއާގެ ޗެއާމަން ހެލައިފީ އާއި ދެކޮޅަށް ފްރޮސިކިއުޓަރުން ދައުވާ  އުފުލީ ފީފާ ވޯލްޑް ކަޕްގެ މީޑިއާ ރައިޓްސް ހޯދުމުގައި ފީފާގެ ކުރީގެ ޖެނެރަލް ސެކެއްޓްރީ ޖެރޯމް ވަލްކޭއަށް ރިޝްވަތުދިން ކަމަށް ތުހުމަތު ކުރާ މައްސަލައެއްގައެވެ.

   

ހެލައިފީގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ އޭނާގެ މައްޗަށް  ސްވިޒަލޭންޑްގެ ފެޑެރަލް ހައި ކޯޓުގައި އުފުލާފައިވާ ދައުވާއިން  ހުކުރު ދުވަހު ސަލާމަތްވެފައިވާ ކަމަށެވެ. 

 

ސްވިޒަލޭންޑްގެ ޕްރޮސެކިއުޓަރުން ތުހުމަތު ކުރާގޮތުގައި އަލް ހެލައިފީ އާއި ވަލްކޭ އާއި އަދިވެސް ބޮޑަތި ވިޔަފާރިވެރިންތަކެއް ގުޅިގެން މީޑިއާ ރައިޓްސް ހޯދުމުގައި ކޮރަޕްޝަންގެ އަމަލު ހިންގާ މަގާމުގެ ނުފޫޒް ބޭނުންކޮށްފައިވެއެވެ. 


ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ ޔޫއެފާގެ އެގްޒެކެޓިވް ބޯޑުގައި ވެސްހިމެނޭ  ހެލައިފީގެ މައްޗަށް މި ދައުވާ އުފުލި އިރު ވަލްކޭ ހުރީ ކޮރަޕްޝަނުގެ މައްސަލައެއް ސާބިތުވެ ސަސްޕެންޝަނެއްގައެވެ.


ވަލްކޭގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރެއިން ލިޔެކިޔުންތަކެއް ފޯޖް ކުރިކަމުގެ ދައުވާ ސާބިތުވެ އެހެން ދައުވާތަކުން އޭނާ ވަނީ ސަލާމަތްވެފައެވެ

 

ހުކުރު ދުވަހު ކޯޓުން މައްސަލަ ނިންމި ގޮތާއި ގުޅޭގޮތުން ހެލައިފީ ބުނީ އޭނާގެ ނަން ކިލަނބުކޮށްލަން ބަޔަކު ހިންގި ކެމްޕޭނަކުން ހަތަރު އަހަރަށްފަހު އޭނާ ސަލާމަތްވެ އޭނާގެ ނަން ސާފުވެއްޖެ ކަމަށެވެ.


އަދި އޭނާގެ މައްޗަށް އުފުލި ދައުވާ އަކީ އެއްވެސް ހަގީގަތެއް ނެތި ދޮގު ތުހުމަތުތަކެއް ކަމަށާއި އެއީ އޭނާގެ އަގު ވައްޓާލުމަށް ބަޔަކު ކުރި ކަމެއް ކަމަށް ހެލައިފީ ނެރުނު ބަޔާނެއްގަ ބުނެފައިވެއެވެ. އަދި ކޯޓުން މައްސަލަ ނިންމި ގޮތާއިމެދު ޝަރުއީ ދާއިރާ އާއި މެދު އޭނާގެ އިތުބާރު ބޮޑުވެއްޖެ ކަމަށް ހެލައިފީ ބުންޏެވެ.



football

Leave a Comment:

Comments will be published after moderation.