News

"ބޭނުންވަނީ އޭޝިއާގެ އަންހެން ރެފްރީއެއް ފީފާ ވޯލްޑް ކަޕްގައި ރެފްރީކަން ކުރުން"

30 އޮކްޓޯބަރު 2020






ސުކޫލު ދައުރުންފެށިގެން އެކި ކުޅިވަރުތަކަށް ޝައުގުވެރިކަން ހުންނަ ޕަނީޕަރ ކަމްނުންގ އަކީ ޅައުމުރުގައި ފުޓްބޯޅަ ކުޅެން ފެށި އަންހެން ކުއްޖެކެވެ. ޒުވާން އުމުރުގައި ތައިލޭންޑް ފުޓްބޯލް އެސޯސިއޭޝަންގެ ރެފްރީސް ޑިޕާޓްމެންޓްގެ ޑިރެކްޓަރު މަގާމަށް 2016 ގައި އޭނާ އައްޔަނު ކުރިއެވެ. އޭރު އޭނާއަކީ ގައުމީ ފުޓްބޯޅަ އެސޯސިއޭޝަނެއްގެ އެ ލެވެލްގެ މަގާމެއް ފުރި ފުރަތަމަ އަންހެން މީހާއެވެ. 2019 ގެ މެދުތެރޭގައި އޭނާއަށް ވަނީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ރެފްރީސް ޑިޕާޓްމެންޓްގެ މެނޭޖަރުކަން ހަވާލުކޮށްފައެވެ. 

 

"ވަރަށް ޕްރެޝަރުގައި މަސައްކަތް ކުރަންޖެހޭ ފަހަރުވެސް އާދޭ، ތަފާތު މިޒާޖުގެ އެތައްހާސް ފިރިހެންނުން ލީޑް ކުރުމަކީ އަންހެނަކަށް އުނދަގޫ ކަމެއް، ގައުމީ ފެންވަރުގައާއި ބައިނަލްއަގްވާމީ ފެންވަރުގައި އެމީހުންގެ ކުރިއެރުމަށް މަސައްކަތްތައް ރާވާ ހިންގާއިރު އަހަރެން ވަރަށް ވިސްނައިގެން މަސައްކަތް ކުރަނީ، ބައެއް ފަހަރު ހިތްވަރު އެލޭގޮތްވެ، ދެރަވެސްވޭ، އެހެންމީހަކާއި ހިއްސާ ނުކުރެވޭ ސަބަބުތައްވެސް މެދުވެރިވޭ، އެކަމަކުވެސް އަހަރެން މި ވަޒީފާ އަދާކުރަނީ އެންމެ ފުރިހަމައަށް ކުރަން ބޭނުންވެގެން، ކުރިން ރެފްރީއެއްގެ ގޮތުގައި މަސައްކަތް ކުރިއިރުވެސް މިކަހަލަ ހުރިހާ ދަތިތަކެއް ތަޖްރިބާ ކުރެވުނު" ކަމަށާއި އެހެންނަމަވެސް އެއްވެސް ކަމަކުން އޭނާގެ ބުރަ މަސައްކަތް ނުހުއްޓުވުނު ކަމަށް ކަމްނުންގ ބުންޏެވެ.


މުދައްރިސެއްގެ އިރުޝާދުގެ ދަށުން ކެރިއަރަކަށް ރެފްރީކަން ހިޔާރުކުރިއެވެ. އަމިއްލަ ގައުމުގައި ކުދިކުދި މެޗުތަކުގައި އޮފިޝަލްކަން ކުރަމުން އައިސް އޭނާގެ ކެރިއަރު މުޅިން އާ މިސްރާކަށް ބަދަލުކޮށްލީ 2004 ގައެވެ. އެއީ އެއަހަރު ތައިލޭންޑްގައި ބޭއްވި ފީފާ U-19 އަންހެން ވޯލްޑް ޗެމްޕިއަންޝިޕްގައި މެޗެއްގައި ރެފްރީކަން ކުރުމުގެ ފުރުސަތު ލިބުމުންނެވެ.

 

އޭރު ކަމްނުންގ އަށް ލިބުނީ ރަޝިއާ އާއި ސްޕެއިން ކުޅުނު މެޗެއްގެ ރެފްރީކަން ކުރުމަށެވެ. ދެވަނަ ފަހަރަށް ފުރުސަތު ލިބުނީ ހަމަ އެ މުބާރާތުގެ ކުއާޓާ ފައިނަލްގައި ބްރެޒިލް އާއި ރަޝިއާ ކުޅުނު މެޗުގައެވެ. އެ މެޗުގައި އޭނާއަށް ގޯސްތަކެއްވެސް ހެދުނެވެ. އެހެންނަމަވެސް ކެރިއަރު ހުއްޓާ ނުލާ ގޯސްތަކެއް ހެދުނުކަމަށް ގަބޫލުކޮށްގެން އޭނާ ކުރިޔަށް ދިޔައީ ހެދުނު ގޯސްތައް ރަނގަޅުކޮށް އަމިއްލައަށް ކުރިއަށް ދިއުމުގެ އަޒުމުގައެވެ.




ކަމްނުންގެ މިވަރުގަދަ އަޒުމުގައި މަސައްކަތްކޮށް އެތަކެއް ހަރުފަތްތަކެއް ގިރާކުރިއެވެ. އޭނާ ވަނީ ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތެއްގައި މަސައްކަތްކުރި އޭޝިއާގެ ފުރަތަމަ އަންހެން ރެފްރީގެ ޝަރަފު ހޯދާފައެވެ. އެ ޝަރަފު އޭނާއަށް ލިބުނީ ޕޯޗުގަލްގައި ބާއްވާ ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތެއް ކަމުގައިވާ 'އަލްގާވީ ކަޕް 2006' ގައި ފައިނަމލް މެޗްގެ ރެފްރީކަން ކޮށްފައެވެ. ޖެހިގެން އައި އަހަރު (2007) ގައި ޗައިނާގައި ބޭއްވި ފީފާ އަންހެން ވޯލްޑް ކަފްގައި ގްރޫޕް ސްޓޭޖްގައި ބްރެޒިލް އާއި ނިއުޒިލޭންޑް ކުޅުނު މެޗެއްގައި އޮފިޝަލްކަން ކުރުމަށް ފުރުސަތު ލިބުނެވެ. އެއީ ފީފާގެ މެޗެއްގައި އޭނާ މަސައްކަތް ކުރި ފުރަތަމަ ފަހަރެވެ.  

 

"އެއީ ހަމަ ހަގީގަތުގައިވެސް ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުން، އަހަންނަކީ އެފުރުސަތު ލިބުނު ފުރަތަމަ ތައި އަންހެން ރެފްރީ، އެފަހަރު އަހަރެންގެ މަސައްކަތް ދިޔައީ އޮމާންކޮށް ރަނގަޅަށް، އެއީ އަހަރެން ވަރަށް ރަނގަޅަށް އެމެޗަށް ތައްޔާރުވެގެން ހުރީމަ، ފީފާ އަށް ޝުކުރު ހައްގު އަހަރެންނަށް ތައްޔާރުކޮށްދީ ފުރުސަތު ދިނީމަ." ކަމްނުންގެ ބުންޏެވެ.

 

މިއަދު އޭނާއަކީ އަންހެން ރެފްރީން ޕްރޮމޯޓް ކުރުމަށް އަމާޒު ހިފައިގެން މަސައްކަތް ކުރާ މީހެކެވެ. އޭނާގެ ހުވަފެނަކީ އަދި އަމާޒަކީ ފީފާ ވޯލްޑް ކަޕްގައި އޭޝިއާ ބައްރުގެ އަންހެން ރެފްރިއެއް މަސައްކަތް ކުރާތަން ދުށުމެވެ. އެ އަމާޒަށް ވާސިލްކޮށްދިނުމަށް އަންހެން ރެފްޕީން އޭޝިއާގެ އެކި ސަރަހައްދުތަކުގައި ޕްރޮމޯޓްކޮށް އެމީހުންގެ ފެންވަރު ރަނގަޅު ކުރުމަށް ފުރުސަތު ހޯދައިދިނުމަށް އޭނާ މަސައްކަތް ކުރާނެއެވެ.


ކަމްނުންގ އަކީ 2008 ގައި ޗައިނާގައި އޮތް ވުމެންސް އޮލިމްޕިކް ފުޓްބޯޅް ޓޯނަމަންޓްގައި އަދި އޭގެ ފަހުން 2010 ވަނަ އަހަރު ސިންގަޕޫރުގައި ޔޫތް އޮލިމްޕިކް ގޭމްސް އިފްތިހާތް ކުރުމުގައިވެސް އޮފިޝަލެއްގެ ރޯލް އަދާކުރި ރެފްރީއެކެވެ. އެންމެ ފަހުން ރެފްރީކަން ކުރީ 2014 ގައި ކޮސްޓަރިކާގައި އޮތް ފީފާ 17 އަހަރުން ދަށުގެ އަންހެން ވޯލްޑް ކަފްގެ ތިންވަނަ ހޮވާ މެޗުގައި ޕްލޭ އޮފްގައި ވެނެޒުއޭލާ އާއި އިޓަލީގެ ކުޅުނު މެޗެއްގައެވެ.



10 އަހަރަށްފަހު އޭނާ ވަނީ ފީފާ ޓޯނަމަންޓްތަކުގައި ހަރަކާތްތެރިވުން ހުއްޓާލާފައެވެ. ކަމްނުންގ ބުނީ "ފީފާ ޓޯނަމަންޓްސްގައި މަސައްކަތް ކުރުމަކީ ލިބުނު ވަރަށް ރަނގަޅު ތަޖްރިބާއެއް، އެކި ފަންތީގެ އަދި އެންމެ މަތީ ފަންތީގެ ކުޅުންވެސް ކުޅުންތެރިންނާއި އޮފިޝަލުންގެ ކަންކަން ހުންނަ ގޮތްވެސް އަހަނަން ފީފާ ޓޯނަމަންޓް ތަކުން ދަސްވި، އެ މުބާރާތްތަކަކީ ވަރަށް ފެންވަރު މަތި މުބާރާތްތަކެއް އެހެންވީމަ އަހަންނަށް ދަސްވި ޕްރެޝަރާއި އެކުވެސް މަސައްކަތް ކުރަން." ކަމަށެވެ.



ކަމްނުންގ އަކީ ރެފްރީކަން ކުރަން ބޭނުންވާ އަންހެން ކުދިންނަށް ނަމޫނާއެކެވެ. އަދި އޭނާގެ ހިތްވަރުން އެހެން ކުދިންނަށް ހިތްވަރު ލިބިގަނެވޭފަދަ އެތައް ކަމެއް އޭނާ ހާސިލްކޮށްފައި އެބަހުއްޓެވެ. އޭއެފްސީ ރެފްރީސް ޑިޕާޓްމެންޓް ލީޑްކުރަމުން އަންނަ އުމުރުން 44 އަހަރުގެ ކަމްނުންގ މިހާރު އަމާޒު ހިފާފައިހުރީ ފިރިހެނުންގެ ފުޓްބޯޅަ މުބާރާތްތަކުގެ އޮފިޝަލުކަން ކުރުމަށް އޭޝިއާގެ އަންހެން ރެފްރީންނަށް ފުރުސަތު ހޯދައިދީ އަންހެން ރެފްރީން ޕްރޮމޯޓް ކުރުމެވެ.

 

"އަހަރެން ވަރަށް ބޮޑަށް ގަބޫލުކުރަން އަންހެން ރެފްރީންނަށްވެސް ފިރިހެން މުބާރާތްތަކުގައި އެކަށީގެންވާ ފުރުސަތު ދީފިނަމަ ރަނގަޅު ޕާފޯމެންސެއް ދެއްކޭނެ" ފިރިހެނުންނަށް ކަނޑައަޅާފައިވާ ފިޓްނެސް ޓެސްޓަކުން ފާސްވެ  2019ގައި އޮތް އޭއެފްސީ ކަޕްގެ މެޗެއްގައި ޖަޕާނުގެ ތިން އަންހެން ރެފްރީން މަސައްކަތްކޮށްފައިވާއިރު ކަމްނުންގ އެމީހުންގެ ނަންތައް ފާހަގަކޮށް ބުނީ އޭނާ މަސައްކަތް ކުރާނީ އެފަދަ ރެފްރީންނަށްޓަކައި ކަމަށެވެ.

 

"އަހަރެން މިހާރު މިއުޅެނީ އަންހެން ރެފްރީންގެ ފިޓްނެސް ޕްރޮމޯޓްކުރުމުގެ ޕްރޮޖެކްޓެއްގައި، އަހަރެންގެ ގޯލަކީ އޭޝިއާއަށް ނިސްބަތްވާ އަންހެނަކު ފީފާ ވޯލްޑް ކަޕްގެ މެޗެއްގައި އޮފިޝިއޭޓް ކުރުން، އަހަރެމެން އޭޝިއާގައި އަންހެން ރެފްރީން ޕްރޮމޯޓް ކުރާނަށް، އެއީ އެމީހުންގެ ފެންވަރު މަތިކުރުމަށާއި، ދުނިޔޭގެ ފެންވަރުގެ ލެވެލަށް ގެންދިއުމަށް އެހީވެދިނުމަށް" އޭނާ ބުންޏެވެ.

 



މައުލޫމާތާއި ފޮޓޯަތައް: ފީފާ ޑޮޓްކޮމް



Leave a Comment:

Comments will be published after moderation.