News

ފޭނުންގެ ޕްރެޝަރާއި ހެދި ބާސާގެ ރައީސް އިސްތިއުފާ ދީފި

28 އޮކްޓޯބަރު 2020






ބާސެލޯނާގެ ރައީސް ޖޯސެފް މަރީއާ ބާޓޮމެއު މަގާމުން އިސްތިއުފާ ދީފިއެވެ. 

ބާސާގެ ރައީސް މަގާމުން އިސްތިއުފާ ދިނީ ބާސާގެ ކެޕްޓަން ލައޮނަލް މެސީ އާއި މެދު ކްލަބުން އަމަލުކުރި ގޮތާއި ގުޅިގެން ކްލަބުގެ ފޭނުންގެ ޕްރެޝަރާއި ހެދި އެވެ. 

ބާޓޮމެއު ބާސާގެ ރައީސް ކަމާއި ހަވާލުވި 2014ގައެވެ. އޭނާ އިސްތިއުފާ ދެއްވިއިރު އޭނާގެ އިތުބާރު ނެތްކަމަށް ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އެ ވޯޓުގެ ކުރިން އަމިއްލައަށް އިސްތިއުފާ ދެއްވިއިރު ކުލަބުގެ ސަޕޯޓަރުން ބާޓޮމެއު އާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރަންފެށީ މެސީ އެ ކްލަބު ދޫކޮށްލުމަށް އޮގަސްޓްމަހު ހުށަހެޅި ހިސާބު ންނެވެ. 

ބާޓަމެއު އިސްތިއުފާ ދެއްވިކަން އެންގީ ބާސާ އިން ރެއާލް މެޑްރިޑް 3-1 ން ބަލިކުރި މެޗަށްފަހު އޭގެ ތިން ދުވަސް ފަހުން އެވެ. 

ބާސާގެ ރައީސް ކަމުގައި ހުރެވޭނެ އެންމެ ގިނަ ދުވަހަކީ ދެދައުރުކަމަށްވާއިރު ބާޓަމެއުގެ ދެވަނަ ދައުރުގެ މުއްދަތު ހަމަވާނީ އަންނަ މާޗް މަހަށެވެ. ނަވެސް އޭގެ ކުރިން އޭނާ އިސްތިއުފާ ދެއްވީ އޭނާއާއި ގުޅޭ ގޮތުން ކްލަބުގެ ފޭނުން ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދާތީ އެވެ. 

ބާޓަމެއު ގެ ރައީސްކަމުގައި  ބާސާއިން ވަނީ ހަތަރު ފަހަރަށް ލަލީގާ ޓައިޓްލްސް ހޯދާފައެވެ. އަދި 2015 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ އައްޑަނަ އުފުލާލާފައެވެ 




Leave a Comment:

Comments will be published after moderation.