News

ފުވައްމުލަކުގައި ބާއްވާ ސީ ސެޓްފިކެޓް ކޯޗިންގ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އެފް.އޭ.އެމްއިން ހުޅުވާލައިފި

7 މާރިޗު 2019






އެފް.އޭ.އެމްއިން ފުވައްމުލަކުގައި އަންނަ އޭޕްރީލްމަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ އެފް.އޭ.އެމް ސީ ސެޓްފިކެޓް ކޯޗިންގ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އެފް.އޭ.އެމްއިން އާންމުކޮށް ހުޅުވާލައިފިއެވެ.

އެފް.އޭ.އެމް ފޭސްބުކް ޕޭޖުގައި މިކަމާ ގުޅޭގޮތުން ހިއްސާކޮށްފައިން ޕޯސްޓްގައި ބައިވެރިވުމަށް އެދޭ ފޯމް ޑައުންލޯޑް ކުރެވޭނެ ލިންކްއެށް އެބައިނެވެ. މީގެއިތުރުން ޏ.އަތޮޅު ކައުންސިލް އިދާރާއިންވެސް ފޯމް ލިބެން ހުންނާނެއެވެ. އޭޕްރީލް 1ން 14ށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިކޯހުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 10 މާރިޗު 2019 އެވެ.

މިކޯހުގައި އެފް.އޭ.އެމްއިން ކަނޑައަޅާފައިވާ ތަޖުރިބާކާރު އިންސްޓްރަކްޓަރުންގެ ޓީމެއް ކޯހުގެ ބައިވެރިންނަށް އިރުޝާދު ދޭނެއެވެ. މިއީ މިއަހަރު ހިންގޭ މިފަދަ އެތައް ހަރަކާތެއްގެ ތެރެއިން އެއް ހަރަކާތެވެ. މިއަހަރުގެ ތިންވަނަ މަސް ފެށިފައިވާއިރު، އެފް.އޭ.އެމްއިންވަނީ ވޭތުވެދިޔަ ދެމަހުގައި އެކަނިވެސް ކޯޗިންގެ އެތައް ޕްރޮގްރާމެއް ހިންގާފައެވެ. އެގޮތުން އޭ.އެފް.ސީގެ އިންސްޓްރަކްޓަރުންވެސް މިކޯސްތަކުގައި އިރުޝާދު ދީފައިވާކަން ފާހަގަ ކޮށްލެވެއެވެ. މިއަހަރަކީ ފުޓުބޯޅަ ދިވެހިންގެތެރޭގައި ދިރުވުމަށް މުޅިން އައު އަޒުމަކާއެކު އެފް.އޭ.އެމްއިން މަސައްކަތްފަށާފައިވާ އަހަރެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފުޓްބޯޅަ ހަބްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ރަށްރަށުގައި ފުޓްބޯލް ޑިވެލޮޕްމެންޓް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ފޮޓޯ: ފޭސްބުކް/އެފް.އޭ.އްމް

Coach Education FAM Towards Future

Leave a Comment:

Comments will be published after moderation.