News

ގައްބެ އާއި އައިހަމް ސަސްއަށް ސޮއިކޮށްފި

27 އޮކްޓޯބަރު 2020






އަހުމަދު ފަރްހާން (ގައްބެ) އާއި އަހުމަދު އައިހަމް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ސޮއި ކޮށްފިއެވެ. 


ސަސްގެ މީޑިއާ އޮފިޝަލް ބޯޅަ ޑޮޓް އެމްވީ އަށް ވިދާޅުވީ ގައްބެ އާއި އައިހަމް ވެސް އެ ކުލަބާއި ގުޅުނީ ތިން އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ކަމަށެވެ. 


އެ ކްލަބުން ގައްބެ އާއި އައިހަމް ގެ ސޮއި ހޯދިކަން ހާމަކޮށްފައިވަނީ އިއްޔެ އާއި  މިއަދު އެކްލަބުގެ ފޭސްބުކް ޕޭޖްގައި ވަކިވަކިން ކޮށްފައިވާ ދެ ޕޯސްޓެއްގައެވެ.


ގައްބެ އަކީ ދެވަނަ ޑިވިޝަނުގެ ސަސް ޓީމަށް ކުރިން ކުޅުނު ކުޅުންތެރިއެކެވެ.

އައިހަމް ސަސް އަށް ސޮއިކުރުން - ފޮޓޯ: ސަސް

އައިހަމް އަކީ އޭދަފުއްޓާއި ޓީސީ ސްޕޯޓްސް ކްލަބަށްވެސް ކުޅުނު ޒުވާން ޑިފެންޑަރެކެވެ. 


ޑިސެމްބަރު 8 ގައި ފަށާ ފުޓްބޯޅަ ސީޒަނުގައި މުޅިން އަލަށް ވާދަ ކުރުމަށް ތައްޔާރުވަމުން އަންނަ ސަސް އިން އަންނަނީ ފުރަތަމަ ޑިވިޝަނުގެ ތަޖްރިބާ ހުރި ގިނަ ކުޅުންތެރިން ތަކެއްގެ ސޮއި ހޯދަމުންނެވެ. 


ކުރީގެ ޓީސީ ކެޕްޓަން ފައްރާހް އަހުމަދު (ފައްރަ ) އާއި ޑިފެންޑަރު ޝާފިއު އަހުމަދު  (ޝާފީ) ވެސް ވަނީ އިއްޔެ ސަސް އަށް ސޮއި ކޮށްފައެވެ. 

SUS-Super United Sports

Leave a Comment:

Comments will be published after moderation.