News
ރޮނާލްޑޯގެ މައްސަލަ ޕްރޮސިއުޓަރުން އަންނަނީ ބަލަމުން: އިޓަލީގެ ސްޕޯޓްސް މިނިސްޓަރ
27 އޮކްޓޯބަރު 2020
ކޮވިޑް-19 ފެތުރުން
ހުއްޓުވުމަށް އިޓަލީގައި އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފަށް ޔުވެންޓަސްގެ
ކްރިސްޓިއާނޯ ރޮނާލްޑޯ އަމަލުކޮށްފައިވާތީ އެ މައްސަލަ އއިޓަލީގެ ޕްރޮސިކިއުޓަރުން
ބަލަމުން އަންނަ ކަމަށް އެގައުމުގެ ސްޕޯޓްސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
އިޓަލީގެ ސްޕޯޓްސް މިނިސްޓަރ
ވިޗެންޒޯ ސްޕަޑަފޯރާ އެގައުމުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ އިޓަލީގެ
ސަރުކާރުން އެކުލަވާލާފައިވާ ސިއްހީ އުސޫލުތަކަށް ރޮނާލްޑޯ އިހްތިރާމް ނުކުރާ
ކަމަށާއި، އެ އުސޫލާ އޭނާ ހިލާފުވެފައިވާ ކަމަށެވެ.
ރޮނާލްޑޯއަށް ވަކި ހާއްސަ ހުއްދައެއް
ދީފައި ނުވާނެ ކަމަށްވެސް ސްޕޯސްޓް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް ރޮނާލްޑޯ ބުނީ އޭނާ އެއްވެސް
އުސޫލަކާއި ހިލާފަށް އަމަލުކޮށްފައި ނުވާނެ ކަމަށާއި އޭނާ ދަތުރުކުރީ ކަމާއިބެހޭ
ފަރާތްތަކުގެ ހުއްދަ ހޯދައިގެން ކަމަށެވެ.
ރޮނާލްޑޯ އުސޫލާއި
ހިލާފުވިކަމަށް ބުނާ މައްސަލައަކީ ޔުއެފާ ނޭޝަންސް ލީގުގެ މެޗެއް ކުޅުމަށްފަހު
ފޯޗުގަލްގައި އޮތް މެޗަކަށް ގޮސް އެގައުމުގައި ހުއްޓާ ކޮވިޑަށް ޕޮސިޓިވް ވުމުން
އޭގެ ދެދުވަސްފަހުން އެނބުރި އިޓަލީއަށް ދިޔަ މައްސަލައަށެވެ.
ރޮނާލްޑޯއަށް ކޮވިޑް ޖެހުނު
ކަން އިއުލާނު ކުރީ އޮކްޓޯބަރު 13 ވަނަ ދުވަހު ޕޯޗުގަލްގެ ފުޓްބޯޅައިގެ މައި
އިދާރާއިންނެވެ. އަދި ޔުވެންޓަސް އިންވެސް ވަނީ އެކަން ކަށަވަރުކުރުމަށްފަހު
ކްރިސްޓިއާނޯއަށް އަމިއްލަ ގޭގައި އެކަހެރިވުމުގެ ފުރުސަތު އޮތްކަމަށް
ހާމަކޮށްފައެވެ.
އެހެންކަމުން ނަގަންޖެހޭ ހުއްދަތައް ނަގައިގެން އިޓަލީގައި ހުންނަ އޭނާގެ އެޕާޓްމެންޓްގައި އެކަހެރިވުމަށް އެގައުމަށް ދިޔައީ ފްރައިވެޓް އެއާ އެންބިއުލާންސެއްގައެވެ.
ފޮޓޯ: ސްކައި ސްޕޯޓްސް