News
ދަގަނޑޭގެ މޮޅު ގޯލަށް ވޯޓު ދިނުމުގެ ފުރުސަތު މާދަމާރޭ ހަމަވާނެ!
25 އޮކްޓޯބަރު 2020
އޭއެފްސީގެ އެންމެ މޮޅު ގޯލުތައް ހޮވުމަށް އޭއެފްސީ ޑޮޓް ކޮމްގެ ވެބްސައިޓް މެދުވެރިކޮށް ކުރިޔަށް ގެންދާ ބްރެކެޓް ޗެލެންޖްގައި އަނެއްކާވެސް ރާއްޖޭގެ ފުޓްބޯޅަ ތަރި އަލީ އަޝްފާގް (ދަގަނޑޭ) ގެ ގޯލެއް ހިމަނާ މާދަމާގެ ނިޔަަށް ވޯޓުލާން ފުރުސަތު ހުޅުވާލައިފިއެވެ.
މި ލިންކް މެދުވެރިކޮށް އޮންލައިން ޕޯލްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިހާތަނަށް ވޯޓުގެ ނަތީޖާ ދައްކާ ގޮތުން ބޮޑު ތަފާތަކުން ދަގަނޑޭ އޮތީ ކުރީގައެވެ.
އޮންލައިންކޮށް ވޯޓުލައިގެން މޮޅުގޯލް ހޮވާ މި ލިސްޓުގައި ދަގަނޑޭއާއި ވާދަކުރަނީ ކުވެއިތް އެސްސީގެ ބްރެޒިލް ފޯވާޑް ރޮޖޭރިއޯގެ ގޯލެކެވެ. ދަގަނޑޭ އާއި ރޮޖޭރިއޯގެ ގޯލަށް ވޯޓުލުމަށް ހުޅުވާލާފައިވާއިރު އޭއެފްސީ ޑޮޓް ކޮމް އިން ހޮވާ ބްރެކެޓް ޖެލެންޖްގެ މޮޅު ގޯލަށް ނޮމިނޭޓް ވެފައިވަނީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި ދަގަނޑޭ އޭރު ކުޅެމުން ދިޔަ ކްލަބު ނިއުރޭޑިއަންޓަށް ޖަހައިދިން ގޯލެކެވެ.
އެއީ އިންޑޮނޭޝިއާގައި އެގައުމުގެ ޕާސިބީ ބޮޖޮނެގޯރޯ އާއި ދެކޮޅަށް 2013 ވަނަ އަހަރުގެ ކުޅެ 7-0 ން ނިއުރޭޑިއަންޓް މޮޅުވި މެޗުގައި ދަގަނޑޭ ޖެހި ގޯލެކެވެ. ދަގަނޑޭ ވަނީ މީގެ ކުރިންވެސް އޭއެފްސީ ޑޮޓް ކޮމް އިން އޮންލައިންކޮށް ނެގި ވޯޓުން އެންމެ މޮޅު ސޯލޯ ގޯލް ޖެހި ކުޅުންތެރިޔާކަމަށްވެސް ހޮވިފައެވެ. ދަގަނޑޭގެ މި ގޯލާ ވާދަކުރާ ރޮގޭރިއޯގެ ގޯލަކީ 2013 ވަނަ އަހަރު ކުވެއިތް އެސްސީ އާއި އެގައުމުގެ ގަދްސިއާ އެސްސީ ބައްދަލުކޮށް 0-2 ން މޮޅުވި މެޗުގައި އޭނާ ޖެހި ގޯލެކެވެ. ދަގަނޑޭ އާއި ބްރެޒިލްގެ ތަރި އަށް ވޯޓޫ ދިނުމަށް އޭއެފްސީ ޑޮޓް ކޮމް އިން ފުރުސަތު ހުޅުވާލާފައިވަނީ މާދަމާ ހަވީރު 16:00 )
ރޮޖޭރިއޯގެ ގޯލަކީ 2013 ވަނަ އަހަރު ކްވެތް އެސްސީ އިން ވާދަވެރި ގަދްސިއާ
އެސްސީ އާއި ބައްދަލުކޮށް 2-0 ން މޮޅުވި މެޗުގައި އޭނާ ޖެހި ގޯލެކެވެ. ދަގަނޑޭ
އާއި ބްރެޒިލްގެ ވޯޓުލުމަށް ރޮޖޭރިއޯ އަށް ވޯޓު ދިނުމަށް އޭއެފްސީ ޑޮޓް ކޮމް އިން ފުރުސަތު
ހުޅުވާލާފައިވަނީ އޮކްޓޫބަރު 26 ވާ ހޯމަ ދުވަހުގެރޭ (މާދަމާރޭ) ރާއްޖެ ގަޑިން 21:00 ގެ ނިޔަލަށެވެ.