News
އަސަރުގަދަ މެސެޖަކާއެކު ފައްރަ ޓީސީ އާއި ވަކިވެއްޖެ
22 އޮކްޓޯބަރު 2020
ޓީސީ ސްޕޯޓްސް ކްލަބުގެ އެންމެ ކާމިޔާބު ކެޕްޓަނުގެ ގޮތުގައި ހަ އަހަރު ހޭދަކުރި ފައްރާހް އަހުމަދު (ފައްރަ) އަސަރުގަދަ މެސެޖަކާއެކު އެ ކުލަބާއި އަލްވަދާއު ކިޔައިފިއެވެ.
ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޓީސީއާއެކު ޓްރޮފީތައް ހޯދާ، ކާމިޔާބީތައް ހޯދުމަކީ ކެރިއަރުގައި އިތުރު މަސައްކަތްތަކެއް ކޮށް، ހިތްވަރު ލިބިގެންދިޔަ ކަމެއް ކަމަށެވެ. ޓީސީން އޭނާއަށް ފަހިކޮށްދިން ޕްލެޓްފޯމަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގައި ވިދާލުމަށް ދިން ފުރުސަތެއް ކަމަށްވެސް ބުންޏެވެ.
"އަދި ކޮންމެވެސް ހިސާބަކުން ޓީސީން ލިބުނު ކަންތައްތަކުގެ ބަދަލުގައި އެ ކުލަބަށްކަމެއް ކޮށްދިނުމަށް އަބަދުވެސް ބޭނުންވޭ، ކޮންމެވެސް ހިސާބަކުން ކޮންމެވެސް އެއް ސިފައެއްގައި އަދިވެސް ކުލަބުގައި މަޑުކުރަން ބޭނުންވޭ، " ފައްރަ ބުންޏެވެ.
ފައްރަ ބުނީ ހަ އަހަރު ހޭދަކުރުމަށްފަހު ޓީސީ ދޫކޮށްލުމަކީ ހަޔާތުގައި ނިންމި އެންމެ
އުނދަގޫ ނިންމުން ކަމަށެވެ.
ޓީސީއާއެކު ފައްރަ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ބަނގްލަދޭޝްގައި ބޭއްވި އިންވިޓޭޝަނަލް ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކަޕްގެ ޗެމްޕިއަންކަން ޓީސީން ހޯދީ ފައްރަގެ ކެޕްޓަން ކަމުގައެވެ.
ދިވެހި ޕްރިމިއަ ލީގާއި ޗެރިޓީ ޝީލްޑްވެސް ފައްރަ ވަނީ ޓީސީއަށް ހޯދައިދީފައެވެ.
TC Sports Club Farra