News

ޔުއެފާ ޗެންޕިއަންސް ލީގު:ފުރަތަމަ މެޗުން ބާސާއަށް ފަސޭހަ މޮޅެއް

21 އޮކްޓޯބަރު 2020






ޔުއެފާ ޗެމްޕިއަންސްލީގުގައި ބާސެލޯނާ ކުޅުނު ފުރަތަމަ މެޗުން 5-1 އިން ބާސާ މޮޅުވެއްޖެ އެވެ. 


މިދިޔަ ސީޒަނުގައި ބޮޑު ލަދަކާއި ކުރިމަތިލާން ޖެހުނު ބާސާއިން އަމިއްލަ ދަނޑުގައި އަންގާރަދުވަހު ރޭ ކުޅުނީ ފްރެންސްވަރޯސް  އާއި ދެކޮޅަށެވެ.


މި މެޗުގައި ބާސާގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް މެޗުގެ ލީޑު ނެގީ 27 ވަނަ މިނިޓުގައެވެ. އެއީ އިދިކޮޅު ޓީމުން ކުރި ފައުލަކާއި ގުޅިގެން ރެފްރީ ލިއޮނަލް މެސީއަށް ދިން ޕެނަލްޓީއަކުންނެވެ.


ބާސާގެ ދެ ވަނަ ލަނޑު މެޗުގެ 42 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ އަންސޫ ފަޓީއެވެ.  މި ނަތީޖާގައި އޮވެ ފުރަތަމަ ހާފް ނިމިގެން  ދެވަނަ ހާފްގެ ކުރީކޮޅު އަނެއްކާވެސް ބާސާއިން ލަނޑެއް ޖެހިއެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ 52 ވަނަ މިނިޓްގައި ފިލިއްޕޭ ކްޓީނިއޯ އެވެ. 


ފްރެންސްވަރޯސް އަށް ރޭގެ މެޗުގައި ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑަކީ މެޗުގެ 70 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން އިގޯ ޚަރާޓިން ޖެހި ލަނޑެވެ. އެޓީމަށް ޕެނަލްޓީއެއް ލިބުނީ ބާސާގެ ޑިފެންޑަރު ޖެރާޑް  ޕީކޭ އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެންނެވެ.


މި ފައުލާ އެކު ރެފްރީ ވަނީ ޕީކޭއަށް ރަތްކާޑު ދައްކާ ދަނޑުން ބާލާފައެވެ.
ބާސާގެ ސްކޮޑުން ކުޅުންތެރިއެއް މަދުވިނަމަ އެޓީމުން ވަނީ 82 ވަނަ މިނިޓްގައި އަނެއްކާވެސް ލަނޑެއް ޖަހާފައެވެ.


މި ލަނޑު ކާމިޔާބުކޮށްދިނީ ބާސާގެ ޒުވާން މިޑްފިލްޑަރު ޕެޑްރީއެވެ. މެޗު ނިމެން ގާތްވެފައި ވަނިކޮށް 89 ވަނަ މިނިޓްގައި ބާސާގެ ފަސް ވަނަ ގޯލު ކާމިޔާބުކޮށްދިނީ އޮސްމާނޭ ޑެމްބެލޭ އެވެ. 


ފަސޭހަކަމާ އެކު ރޭގެ މެޗުން ބާސާ މޮޅުވި އިރު ބާސާއާއި އެކު އެއް ގުރޫޕެއްގައި އޮތް ޔުވެންޓަސް ވެސް ވަނީ ރޭ ކުޅުނު މެޗުން 2-0 އިން ޑިނަމޯ ކިއެވް އަތުން މޮޅުވެފަ އެވެ. 


ފޮޓޯ: ގޯލް.ކޮމް



Leave a Comment:

Comments will be published after moderation.