News
ޕާކިސްތާނު ކީޕަރު ހަނީފް ސާގިބް ކުލަބް ގްރީންަސްޓްރީޓްސް އަށް
21 އޮކްޓޯބަރު 2020
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅުނު ޕާކިސްތާނުގެ ތަޖުރިބާކާރު ގޯލްކީޕަރު ހަނީފް ސާގިބް ކުލަބް ގްރީންސްޓްރީޓަށް ބަދަލުވެއްޖެއެވެ.
ކުރިން ފޯކައިދޫ އާއި ޓީސީގެ އިތުރުން ބީޖީއަށްވެސް ކުޅުނު ކީޕަރު އެންމެ ފަހުން ކުޅުނީ އޭއެފްސީ ކަޕުގައި ވާދަކުރި ޓީސީ ސްޕޯޓްސް ކުލަބަށެވެ. އޭނާ އެންމެ ފަހުން ކުޅުނީ އެ ކުލަބާއެކު އޭއެފްސީ ކަޕެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން މުބާރާތް ވަނީ ކެންސަލްކޮށްފައެވެ.
މިކަން ކުލަބް ގްރީންސްޓްރީޓްސް ގެ ޖެނެރަލް ސެކްރެޓަރީ އަލީ ރިޒާވެސް ވަނީ ބޯޅަ އެމްވީއަށް ޔަގީންކޮށްދީފައެވެ.
ރިޒާ ވިދާޅުވީ ކުލަބް ގްރީން ސްޓްރީޓްސްގެ ފަރިތަކުރުންތައް އަވަސް މުސްތަގުބަލެއްގައި ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި ސްކޮޑަށް ބޮޑު ބަދަލުތަކެއް މިފަހަރު އަންނާނެ ކަމަށެވެ.