News
މިޑްފީލްޑަރ ސޫފީ ކުލަބް ވެލެންސިޔާއަށް
20 އޮކްޓޯބަރު 2020
އަނިޔާގެ ސަބަބުން މިދިޔަ ސީޒަނު ގެއްލުނު މިޑްފީލްޑަރ ހަސަން ސުފްޔާން (ސޫފީ) ކުލަބް ވެލެންސިޔާއަށް ސޮއިކޮށްފިއެވެ.
މިދިޔަ ދެ ސީޒަނުގައި ފޯކައިދޫއަށް ކުޅުނު މިޑްފީލްޑަރ ސޫފީ ބޯޅައެމްވީއާއި ވާހަކަ ދައްކަމުން ބުނީ ކުލަބް ވެލެންސިޔާއަށް ސޮއިކުރީ ތިން އަހަރުދުވަހުގެ ކޮންޓްރެކްޓެއްގައި ކަމަށާއި ފަރިތަކުރުންތައް ފެށި ދުވަހުން ފެށިގެން ބައިވެރިވަމުން އަންނަ ކަމަށެވެ.
މިދިޔަ އަހަރުގެ ސީޒަން ފެށުމުގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގައި ލިބުނު އަނިޔާއާއި ގުޅިގެން އޭނާއަށް ވަނީ ސީޒަން ގެއްލިފައެވެ. ނަމަވެސް އޭނާ ވަނީ އޭގެ ކުރީ އަހަރުގައި ފޯކައިދޫގައި މޮޅު ކުޅުމެއް ކުޅެފައެވެ.
ސުފްޔާން ވަނީ ރާއްޖޭގެ 13 އަހަރުންދަުގެ ގައުމީ ޓީމާއި 17 އަހަރުންދަށުގެ ގައުމީ ޓީމާއި 19 އަހަރުންދަށުގެ ޤައުމީ ޓީމާއި 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކޮށްފައެވެ. އަދި ވީބީ އައްޑޫ އެފްސީއަށް ފަސް އަހަރު ކުޅުނުއިރު ކުލަބް އީގަލްސްގައި ވެސް އޭނާ އެއް އަހަރު ކުޅުނެވެ. އެއަށްފަހު ނިމުނު ދެ އަހަރު އޭނާ ކުޅުނީ ފޯކައިދޫއަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ބޮޑުބައި އޭނާ އުޅުނީ އަނިޔާގައެވެ.
މިއަހަރުގެ ސީޒަނަށް ތައްޔާރުވާ ވެލެންސިއާއަށް އަލަށް ސޮއިކުރި ކުޅުންތެރިންގެ ތެރޭގައި ސްޕެއިންއަށް ކުޅުނު ޒާން އާމިރު އާއި ގޯލްޑް ކެޕްޓަން އަކްރަމް އަބްދުލް ޢަނީ ހިމެނެއެވެ. ވެލެންސިއާއިން ވަނީ މިދިޔަ ހޮނިހިރު ދުވަހު ފަރިތަކުރުންތައް ފަށާފައެވެ.
ފޮޓޯ: ވަގުތު
Club Valencia