News

ރޮނާލްޑޯ އެއާ އެމްބިއުލާންސްގައި ޕޯޗުގަލުން އިޓަލީއަށް

15 އޮކްޓޯބަރު 2020






ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ޕޯޗުގަލްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ  މިދިޔަ އަންގާރަދުވަހު އިޓަލީއަށް ހިނގައްޖެއެވެ.


އޭނާ ޕޯޗުގަލުން އިޓަލީއަށް ދިޔައީ  ޕްރައިވެޓް އެއާ އެމްބިއުލާންސެއްގައެވެ. ރޮނާލްޑޯ ގައުމުން ބޭރަށް ފުރުމުގެ ހުއްދަ ޕޯޗުގަލްގެ ސިއްހީ އިދާރާތަކުން ދިނީ އޭނާ ފުރަންޖެހޭ ފޯމެއް ފުރުމަށްފަހު އެއާއިއެކު އެގައުމުގެ ކަމާއި ގުޅޭ އިދާރާތަކުން ކަނޑައަޅާ އުސޫލުތަކާއި ގުޅޭ އިބްރަތެއް ގައި ސޮއިކުރުމުންނެވެ. 


35 އަހަރުގެ ރޮނާލްޑޯ ކުޅެމުން އަންނަ ކްލަބް ޔުވެންޓަސް އިން ބުދަ ދުވަހު ބުނީ އޭނާ އަށް އަމިއްލަ ގޭގައި އައިސޮލޭޝަންގައި ހުރެވޭނެ ކަމަށް ކްލަބުން އަންގާފައިވާ ކަމަށެވެ.


ޔުއެފާ ނޭޝަންސް ލީގުގައި އާދިއްތަ ދުވަހު ޕްރާންސާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ރޮނާލްޑޯއަށް ކޮވިޑް-19 ޖެހިގެން މިހާރު ޕޯޗުގަލް ޓީމުގެ ސްކޮޑުން ވަނީ އޭނާ  ބާކީކޮށްފަ އެވެ. އެހެންކަމުން ނޭޝަންސް ލީގުގެ ކުރިޔަށް އޮތް މެޗު ގައި ރޮނާލްޑޯ އަކަށް ނުކުޅެވޭނެ އެވެ.


ރޮނާލްޑޯ އިޓަލީގައި ހުންނަ އޭނާގެ ގޭގައި އައިސޮލޭޝަންގައި ހުންނައިރު  އިޓަލީގެ ސިއްހީ އިދާރާތަކުން ކަނޑައަޅާ އުސޫލުތަކާއި އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރަންޖެހޭނެއެވެ. 


ފައިލް ފޮޓޯ: ގެޓީ



Leave a Comment:

Comments will be published after moderation.