News
ރޮނާލްޑޯ ޓީމުން ބާކީކޮށް އައިސޮލޭޝަންގައި
13 އޮކްޓޯބަރު 2020
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ކޮވިޑް-19 ޖެހިގެން ޔުއެފާ ނޭޝަންސް ލީގުގައި ވާދަކުރާ ޕޯޗުގަލް ޓީމުގެ ސްކޮޑުން ބާކީ ކޮށް އެކަހެރިކޮށްފައިވާ ކަމަށް ޕޯޗުގަލްގެ ފުޓްބޯޅަ އާއި ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.
ޕޯޗުގީޒުގެ ފުޓްބޯޅަ ފެޑަރޭޝަނުން މިއަދު ބުނީ ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ އޭނާ މިހާރު ހުރީ އައިސޮލޭޝަންގައި ކަމަށާއި އޭނާއާއި ބައްދަލުވި ކުޅުންތެރިންނާއި ޕޯޗުގަލް ޓީމުގެ ސްޓާފުންނާއި އޮފިޝަލުން ކޮވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ
ރޮނާލްޑޯ އެންމެ ފަހުން ކުޅެފައިވަނީ ފްރާންސްގައި އޮތް މެޗެއްގައެވެ. ދެން އެންމެ އަވަހަށް ފޯޗުގަލް ކުޅެން ޖެހޭނީ ސްވިޑަން އާއި ދެކޮޅަށެވެ.
އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޕޯޗުގަލްގައެވެ. އެމެޗަށް ތައްޔާރުވާން ކުޅުންތެރިން އެނބުރި ގައުމަށް އައިސްފައިވާއިރު އެމެޗުގައި ރޮނާލްޑޯ އަކަށް ނުކުޅެވޭނެ އެވެ.