News
ސުއަރޭޒް ދޫކޮށްލި އިރު ބާސާއަށް އާ ފޯވާޑެއް ނުހޯދުމުން ރިވާލްޑޯ ފާޑު ކިޔައިފި
12 އޮކްޓޯބަރު 2020
ބާސެލޯނާއިން ތަޖްރިބާކާރު ފޯވާޑް ލުއިސް ސުއަރޭޒް ދޫކޮށްލި އިރު އޭނާގެ ބަދަލުގައި އާ ފޯވާޑެއް ނުހޯދިކަމީ ހެދިފައިވާ ގޯލެއްކަމަށް ބާސާގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ރިވާލްޑޯ ބުނެފިއެވެ.
ކެޓަލޫނިއާގެ ޓްރާންސްފާ ޑީލްސްތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ރިވާލްޑޯ ބުނީ ހާއްސަކޮށް މިހާރުވެސް އާދަޔާހިލާފަށް މޮޅު ސްޓްރައިކަރެއްކަމުގައިވާ ސުއަރޭޒް ދޫކޮށްލާއިރު ބާސާއިން އާ ސްޓްރައިކަރެއް ހޯދުމަށްމާ ބޮޑަށްވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
ބާސާއިން ސުއަރޭޒް ދޫކޮށްލިއިރު އޭނާ އަކީ ވަރަށް ކީ ޕްލޭޔަރެއްގެ ކިބައިގައި ހުންނަޖެހޭ ކޮލިޓީތައް ހުރި ކުޅުންތެރިއެއް ކަމަށްވެސް ރިވާލްޑޯ ބުންޏެވެ.
"އަހަންނަށް ޔަގީން ގިނަ ލީގު މެޗުތަކުގައި ބާސާގައި އޮތް ޓީމަކީ އެހެން ޓީމުތަކަށްވުރެ މާ ކުރީގައި އޮތް ޓީމެއް، އެހެންނަމަވެސް ޗެމްޕިއަންސް ލީގުގައި ބާސާ ކުޅޭ އިރު ސްއަރޭޒް ނެތުމުން މިސްވާނެ، ރިއާލް މެޑްރިޑް އާއި އެތްލެޓިކޯ މެޑްރިޑާއި ސެވިއްލާ ފަދަ ކްލަބުތަކާއި ދެކޮޅަށް ބާސާ ކުޅޭ މެޗުތަކުގައި ސުއަރޭޒް ވަރަށް މިސްވާނެ" ކަމަށެވެ.
ރިވާލްޑޯ އިތުރަށް ބުނީ މިހާރު ޓްރާންސްފާ މާކެޓް ބަންދުވެއްޖެ ކަމަށާއި، އެހެންކަމުން މިހާރު ބާސާއަށް ޝަކުވާ ކުރާނެ ފުރުސަތެއް ނެތްކަމަށެވެ.
ބާސާއިން ސުއަރޭޒް ދޫކޮށްލީ އަލަށް އެޓީމާ ހަވާލުވި ކޯޗް ކޫމަންގެ ދުރުރާސްތާ ފްލޭންގައި އޭނާ ހިނެފައި ނުވާތީ އެވެ. ކޫމަން ބޭނުންވާ ސްކޮޑުން ސުއަރޭޒަށް ފުރުސަތު ނެތްކަން އެނގުމުން އޭނާ ގަތުމަށް ބޮޑެތި ކުލަބުތަކުން މަސައްކަތް ކުރިއެވެ. 35 އަހަރުގެ ސުއަރޭޒް ވިއްކާލީ އޭނާގެ އުމުރު ދޮށި ވުމުން ކަމަށްވެސް ބައެއް ރިޕޯޓްތައް ބުންޏެވެ. ސުއަރޭޒް އަކީ ބާސާގެ ތާރީހުގައި ތިން . ވަނައަށް އެންމެ ގިނަ ގޯލު ޖަހާދީ އެޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ މޮޅު ކުޅުންތެރިއެކެވެ.