News
އާ ގައިޑްލައިންގައި ހިމެނޭ ކަންކަން ކްލަބްތަކާއި ހިއްސާކޮށްފި
11 އޮކްޓޯބަރު 2020
ދިވެހި ޕްރިމިއަރ ލީގަށް ތައްޔާރުވާ ފުރަތަމަ ޑިވިޝަންގެ ކުލަބްތަކަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްްސް (އެފްއޭއެމް)އިން ފަރިތަކުރުންތައް ބޭއްވުމަށް އެކުލަވާލާފައިވާ ގައިޑްލައިނަށް ހޭލުންތެރިކޮށްފިއެވެ.
ކްލަބްތަކަށް ބޭއްވި މި ބައްދަލުވުމުގައި ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް އެފްއޭއެމުން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ކުލަބްތަކަށް މައުލޫމާތު ދީފައިވާއިރު ކްލަބް ލައިސެންސިން އާއި ފައިނޭންޝަލް ރިޕޯޓިންގް އެސްޕެކްޓްސްއާ ބެހޭގޮތުން ކުލަބުތަކަށް ވަނީ މައުލޫމާތު ދީފައެވެ.
މި ބައްދަލުވުމަށްފަހު މިފަދަ އިތުރު ބައްދަލުވުންތަކެއް ބޭއްވުމަށް މަސައްކަތްކުރާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.
އާ ގައިޑްލައިންގެ ދަށުން ކްލަބްތަކުގެ ހައިޖީން އޮފިސަރުން ވަނީ ކަނޑައަޅާފައެވެ. ކުރިއަށްއޮތް ސީޒަނަށް ކުލަބުތަކުން ތައްޔާރުވަމުން ދާއިރު ޓީމުގެ ހުރިހާ ކަމެއްވެސް ހުރީ އެޗްޕީއޭގެ މިންގަނޑުތަކަށް ފެތޭ ގޮތެއްގެ މަތިންތޯ ބަލާނެ ގޮތްގޮތް ވެސް މި ބައްދަލުވުމުގައި ކިޔައިދީފައިވެއެވެ.
ފޮޓޯ: އެފްއޭއެމް
FAM