News
ދަގަނޑޭ ދުނިޔޭގެ ލަނޑު ލިސްޓުގެ ދެވަނައަށް
11 އޮކްޓޯބަރު 2020
ދުނިޔޭގެ ލަނޑު ލިސްޓުގެ ދެވަނައަށް ދަގަނޑޭ
ޤައުމީ ޓީމަށް ކުޅުނު މެޗުގެ ނިސްބަތުން ދުނިޔޭގެ ލަނޑު ލިސްޓުގެ ދެވަނައަށް އަލީ އަޝްފާގު (ދަގަނޑޭ) ޖެހިލައިފިއެވެ.
ކުރިން މިލިސްޓުގެ އެއްވަނައަށްވެސް އެރި ދަގަނޑޭ ދެވަނައަށް ދިޔައީ މިފަހުން ގައުމީ ޓީމަށް އެހާ މެޗުތައް ނުލިބި ހުރުމުންނެވެ.
ރާއްޖޭގެ ދަގަނޑޭ މި ލިސްޓުގެ ދެވަނަ ހޯދީ ކުޅުނު 80 މެޗުގައި ޖެހި 53 ގޯލާއެކު ކޮނެމް މެޗަކަށް 0.66 ގެ ނިސްބަތުންނެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ އާއި ރޮމެލޫ ލުކާކޫ އާއި ނޭމާ އާއި ލުއިސް ސުއަރޭޒް އަދި ރޮބަޓް ލެވޮންޑޮސްކީ ފަދަ ކުޅުންތެރިން ތިބީ ދަގަނޑޭއަށްވުރެ ފަހަތުގައެވެ.
މި ލިސްޓުގެ އެއްވަނައިގައި ހިމެނޭ ކުޅުންތެރިއަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. އޭނާ އެއްވަނައިގައި އޮތީ ކުޅުނު 83 މެޗުން ޖެހި 63 ގޯލާއެކުގައެވެ. އެއީ ގޯލުގެ ނިސްބަތުން 0.76 އެވެ.
Maldives Maldives National Team