News

މާޒިޔާ އިން އާ ސީޒަނަށް ތައްޔާރުވުން ފަރިތަކުރުންތައް ފަށައިފި

10 އޮކްޓޯބަރު 2020






މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ސީނިއާ ޓީމުން އަންނަ  ސީޒަނަށް ތައްޔާރުވުމަށް މިއަދު ހަވީރު ފަރިތަކުރުންތައް ފަށައިފި އެވެ.


މާޒިޔާއިން ފަރިތަކުރުންތައް ފެށި އިރު އެޗްޕީއޭ އާއި އެފްއޭއެމްގެ ގައިޑްލައިން އާއި އެއްގޮތަށް އަމަލުކުރުމުގެ ގޮތުން ތިން ފޫޓުގެ ގައިދުރުކަން ބެހެއްޓުމާއި  ސެނިޓައިޒަރ ބޭނުން ކުރުމާއި ޑިސްއިންފެކްޓް ކުރުމުގެ އާލާތްތައް ބޭނުން ކޮށްފައިވެއެވެ.


މާޒިޔާގެ ފަރިތަކުރުންތަކުން ފެނުނު ކުޅުންތެރިންގެ ތެރޭގައި ގައި މި ސީޒަނަށް އެ ކްލަބާއި ގުޅުނު މުހައްމަދު އުމެއިރު އަދި އަޑުބަރޭ އާއި އެޓީމުގެ  މިދިޔަ ސީޒަނުގެ ސްކޮޑުން ފެނުނު ގިނަ ކުޅުންތެރިން ބައިވެރިވެފައިވެއެވެ.  އޭގެތެރޭގައި މާޒިޔާގެ ކެޕްޓަން އައްސަދުﷲ އަބްދުﷲ އާއި އަހުމަދު އަބްދުﷲ (ލިލީ) ވެސް މިއަދުގެ ފަރިތަކުރުންތަކުގައި ބައިވެރިވި އެވެ.


އާ ސީޒަނަށް ތައްޔާރުވުން ދިވެހި ޕްރިމިއަރ ލީގުގެ ކްލަބުތަކަށް އެޗްޕީއޭ އިން ހުއްދަ ދިނީ މިދިޔަ ހަފްތާ ގައެވެ. އެހެންނަމަވެސް އެފްއޭއެމް އިން  އާ ސީޒަން ފަށާނެ ވަކި ދުވަހެއް އިއުލާނެއް ނުކުރެއެވެ.  އެފްއޭއެމްއިން ބުނީ މިއަހަރު ފަހުކޮޅު ސީޒަން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.  އާ ސީޒަނަށް ތައްޔާރުވުން އެންމެ ފުރަތަމަ ފަރިތަކުރުންތައް ފެށި ޓީމަކީ މާޒިޔާއެވެ. 

Maziya Sports and Recreation Club

Leave a Comment:

Comments will be published after moderation.