News

ޔޫވީގެ ފަރިތަކުރުންތައް މިމަހުގެ މެދުތެރޭގައި ފެށޭތޯ ބަލަނީ

10 އޮކްޓޯބަރު 2020






ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގެ ފަރިތަކުރުންތައް މިމަހުގެ މެދުތެރޭ ފެށުމަށްމަސައްކަތްކުރަމުން އަންނަކަމަށް އެ ކުލަބުން ބުނެފިއެވެ.

ބޯޅަ އެމްވީ އާއި ވާހަަކަދައްކަމުން ޔުނައިޓެޑް ވިކްޓްރީގެ ރައީސް
އިސްމާއީލް ޝަފީއު ވިދާޅުވީ މަސައްކަތްކުރަނީ މިމަހުގެ 20 ހިސާބުގައި ފަރިތަކުރުންތައް ފެށޭތޯ މަސައްކަތްކުރާނެ ކަމަށެވެ. ނަމަވެސް ސީދާ އަދި ދުވަހެއް ނުނިންމާ ކަމަށްވެސް ބުންޏެވެ. 

ޔޫވީ އިތުރަށް ވަރުގަދަކުރުމުގެ ގޮތުން އެ ޓީމަށް ވަނީ ވަރުގަދަ ކުޅުންތެރިންތަކެއް ސޮއިކޮށްފައެވެ. އެގޮތުން މިދިޔަ ސީޒަނުގައި ކުލަބް ގްރީންސްޓްރީޓްސް އަށް ކުޅުނު މުހައްމަދު އާރިފް (ބަކާ) އާއި އަހުމަދު ރަޝީދު (އައްމަޑޭ) އާދިލް އަބްދުލް ރަހުމާންގެ އިތުރުން އީގަލްސްގެ އިސްމާއިލް ފަރުހާދު (ފަރޭ) އާއި އަހުމަދު ނިޒާމް (ކުޑަ ނިޒާމްބެ) ވެސް ގެނެފަ އެވެ.

އާ ސީޒަން ފެށުމުގެ ހުއްދަ ދީފައިވާއިރު މިފަހަރުގެ ސީޒަންގައި ވާދަކުރާނީ 8 ޓީމެވެ.

މިފަހަރުގެ ލީގުގައި ވާދަކުރާ 8 ޓީމަކީ އެންމެފަހުގެ ޗެމްޕިއަން މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ކްލަބް އީގަލްސް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ

ފޮޓޯ: އެފްއޭއެމް
United Victory

Leave a Comment:

Comments will be published after moderation.