News

މާޒިޔާގެ ފަރިތަކުރުންތައް ހޮނިހިރު ދުވަހު ފެށުމަށް ނިންމައިފި

8 އޮކްޓޯބަރު 2020






ރާއްޖޭގެ ފުޓުބޯޅަ ސީޒަނަށް ފަރިތަކުރުންތައް ފަށާ ފުރަތަމަ ޓީމަކަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވެއްޖެއެވެ.


އަންނަ ސީޒަނަށް ތައްޔާރުވާ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ ފަރިތަކުރުންތައް ބޭއްވުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފައިވާއިރު "ބޯޅަ އެމްވީ" އާއި ވާހަކަދައްކަމުން މާޒިޔާގެ އިސް އޮފިޝަލަކު ބުނީ އެ ޓީމުގެ ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު ކަމަށެވެ.


އެފްއޭއެމުން ކުލަބުތަކަށް ފަރިތަކުރުމުގެ ހުއްދަ ދީފައިވަނީ އާ ގައިޑްލައިނެއް އެކުލަވާލާ، އެޗްޕީއޭގެ ހުއްދަ ހޯދައިގެންނެވެ. މިދިޔަ ބުރާސްފަތި ދުވަހު އެޗްޕީއޭއިން ވަނީ ފަރިތަކުރުންތައް ބޭއްވުމަށް ހުއްދަދީފައެވެ. ނަމަވެސް އެ ހުއްދަ ކުލަބުތަކަށް ނުދީ މަޑުކޮށްގެން ތިބީ ގައިޑްލައިނެއް ހެދުމަށް ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.


 ފައިލްފޮޓޯ: މާޒިޔާ

football Maziya Sports and Recreation Club

Leave a Comment:

Comments will be published after moderation.