News

މާސްކް އަޅަން ދެކޮޅު ހެދި އެކްޓިވިސްޓަކާއި ހެދި މެޗެއް ހުއްޓާލަން ޖެހިއްޖެ

7 އޮކްޓޯބަރު 2020






އެމެރިކާގެ ސަރުކާރާއި އިދިކޮޅު އެކްޓިވިސްޓަކު މާސް އަޅަން ދެކޮޅު ހެދުމުން އިދާހޯ ހައި ސްކޫލެއްގައި އޮތް ފުޓްބޯޅަ މެޗެއްގެ ހާފް ޓައިމްގައި މެޗު ހުއްޓާލަން ޖެހިއްޖެއެވެ.


އެމެރިކާގެ އިދާހޯގައި ހުންނަ އެމްމެޓް ހައި ސްކޫލްގައި މިދިޔަ ހުކުރު ދުވަހު އޮތް ރަގްބީ ފުޓްބޯޅަ މެޗު ބެލުމަށް އެ އެކްޓިވިސްޓު (އަމަން ބަންޑީ) ދިޔައީ އޭނާގެ ދަރިފުޅު ކުޅޭތީ އެވެ.


ކޮރޯނާ ވައިރަސް ހުއްޓުވުމަށް އެ ސްކޫލުން އަޅާފައިވާ ފިޔަވަޅުތަކާއި އެކުލަވާލާފައިވާ ގައިޑްލައިނާއި ހިލާފަށް ބަންޑީ ސްކޫލްތެރެއަށް ވަނުމުން އޭނާ ހުއްޓުވާ މާސްކް އެޅުމަށް މެޗު ކުރިޔަށް ގެންދިޔަ ފަރާތުން އެދުނެވެ. އެހެން ނަމަވެސް އޭނާވަނީ އެ ސްކޫލުން ގެންގުޅޭ 'ކޮރޯނާވައިރަސް މާސްކިން ޕޮލިސީ' އާއި ދެކޮޅު ހަދާ މާސްކް ނާޅާނެ ކަމަށް ބުނެފައެވެ. އެ ހައިސްކޫލުން ބުނީ ފުޓްބޯޅަ މެޗު ހުއްޓާލަން ޖެހުމަކީ މެޗަށް ތައްޔާރުވެގެން ތިބި ދަރިވަރުން ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

މާސްކް އަޅަން ދެކޮޅު ހެދި އެކްޓިވިސްޓް - އޭޕީ ފައިލްފޮޓޯ

މެޗު އޮތް ދަނޑުގެ  ގޭޓުން ބަންޑީ ބޭރުކޮށްލާ އަލުން މެޗު ފެށުމުން އޭނާއަށް މެޗު ބަލަން ޖެހުނީ ޕާކިންގ ލޮޓްގައި އިނދެގެންނެވެ. އެ ޕާކިންގ ލޮޓަކީ ސްކޫލް އިމާރާތުގެ ތެރޭގައި ހުރި ތަނެއް ނަމަވެސް އެއީ ފުޓްބޯޅަ މެޗު ކުރިޔަށްދިޔަ ސްޓޭޑިއަމް ބޭރުގައި ހުރި ތަނެކެވެ. 


ބަންޑީ ބުނީ މާސްކް ނޭޅުމުގެ ފުރިހަމަ އިހްތިޔާރު އޭނާއަށް އޮތް ކަމަށާއި ރައްކާތެރިކަމުގެ މައްސަލައާއި މެދު ސްކޫލުން ވިސްނާ ނަމަ  އޭނާފަދައިން އެހެންމީހުންނާއި ތަފާތު ވިސްނުން ގެންގުޅޭ މީހުންނަށް ވަކިން ތިބެވޭނީ ޖާގައެއް އެތަނުގައި އޮންނަށްވާނެ ކަމަށެވެ. 
  

އެމެރިކާގެ ސެންޓާރ ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ) އިން ވަނީ އާންމު ތަންތާނގައި އުޅޭއިރު ހުރިހާ އެންމެންނަށްވެސް މާސްކް އެޅުމަށް އިރުޝާދުދީފައެވެ. 



Leave a Comment:

Comments will be published after moderation.