News

އަބްރަހަމް ، ޗިލްވެލް، ސަންޗޯ އިނގިރޭސި ސްކޮޑުގައި ބައިވެރިނުވާން އަންގައިފި

6 އޮކްޓޯބަރު 2020






އިނގިރޭސި ޤައުމީ ޓީމަށް ކުޅެމުން އަންނަ ޗެލްސީގެ ފޯވާޑް ޓެމީ އަބްރަހަމްގެ އުފަންދުވަސް ފާހަގަކުރަން ބޭއްވި ޕާޓީގައި ޤައުމީ ޓީމުގެ އިތުރު ދެ ކުޅުންތެރިން ގޭގައި މަޑުކުރަން އަންގައިފިއެވެ.


މި މައްސަލައިގައި އަބްރަހަމްގެ އިތުރުން ދެން ފިޔަވަޅު އަޅާފައިވަނީ އެ ޕާޓީއަށް ދިޔަ އިނގިރޭސި ޤައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ޖޯޑަން ސަންޗޯ އާއި ޗިލްވެލްއެވެ.


އިނގިރޭސި ސަރުކާރުން އެޅި މި ފިޔަވަޅުތަކާއެކު އެ ޤައުމުގެ ޤައުމީ ޓީމުންވެސް ވަނީ އުސޫލުތައް ހަރުކަށިކޮށްފައެވެ. އެގޮތުން ލީގު މެޗެއް ނުވަތަ ޕްރެކްޓިސް ނިންމާފައި މީހުން ގިނަވާ ހިސާބުތަކާއި ތަންތަނަށް ނުދިއުމަށް ވަނީ އަންގާ އިންޒާރުދީފައެވެ.


އަބްރަހަމްގެ އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި ޕާޓީގައި ގިނަ ބަޔަކު ބައިވެރިވިއެވެ. މީގެތެރޭގައި އަބްރަހަމްގެ އާއިލާގެ މެމްބަރުންނާއި ރައްޓެހިންގެ އިތުރުން އިތުރު ބައެއް ކުޅުންތެރިން ހިމެނެއެވެ.


މި ދުވަސްވަރަކީ އިނގިރޭސިވިލާތުގައި ކޮވިޑުގެ ކޭސްތައް އިންތިހާއަށް މައްޗަށް ގޮސްފައިވާ ދުވަސްވަރަކަށް ވާއިރު އެގައުމުގެ ސަރުކާރުން ވަނީ ގިނަ މީހުން އެއްވެގެން ބާއްވާ މިފަދަ ހަރަކާތްތައް މަނާކޮށްފައެވެ.


މި މައްސަލައިގައި އިނގިރޭސި އެފްއޭއިން  ރަސްމީކޮށް އަދި ފިޔަވަޅެއް ނާޅައެވެ. ނަމަވެސް ކުރިޔަށްއޮތް ދުވަސްތަކުގެ ތެރޭގައި މި ތިން ކުޅުންތެރިންނަށް ބޮޑު އަދަބެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

football

Leave a Comment:

Comments will be published after moderation.