News

ސްޕެއިންގައި ކުޅުމަށްފަހު ޒާން އަންނަ ސީޒަނަށް ވެލެންސިއާއަށް

4 އޮކްޓޯބަރު 2020






ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރ އިސްމާއިލް ޒާން  އާމިރު އަނެއްކާވެސް މާލެއަށް ބަދަލުވެ ކްލަބު ވެލެންސިއާ އަށް ކުޅެން ސޮއި ކޮށްފިއެވެ. 


ސްޕއިންގެ ހަތަރުވަނަ ޑިވިޝަންގެ ކްލަބެއްކަމުގައިވާ ޔޫޑި ކެނަލް އަށް ކުޅެމުން އަންނަ ޒާން މިހާރު ވަނީ އަންނަ ސީޒަނުގައި ވެލެންސިއާއަށް ކުޅުމަށް އެޓީމާއެކު 3 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ


. މީގެ ކުރިން ޒާން  ވެލެންސިއާއަށް ކުޅެފައިވަނީ އުމުރުން 15 ވަރަކަށް އަހަރުގައެވެ.  ވެލެންސިއާއަށް ޒާން  ކުޅުނީ 2016 ގައި އޭރުގެ ޔޫތް ޗެމްޕިއަންޝިޕްގައެވެ 


 ޒާން ވަނީ މެންޗެންސްޓާރ ޔުނައިޑެޓްގެ ކޭމްޕްގައި ސިންގަޕޫރުގައިވެސް ދެ އަހަރު ދުވަހުގެ ޓްރޭނިންތަކެއް ފުރިހަމަކޮށްފައެވެ. އޭގެ ފަހުން އިނގިރޭސިވިލާތަށް ގޮސް 'އެޑިއުކިކް މެންޗެންސްޓާ އެކަޑަމީ' ގައި ވެސް ތަމްރީނުތަކެއް ފުރިހަމަކޮށްފައިވެއެވެ. ޒާން ވަނީ ޔޫރަޕް ފުޓްބޯޅައިގެ ތެރޭގައި 8 ވަރަކަށް އަހަރު އުޅެ ގިނަ ތަޖްރިބާތަކެއް ހޯދާފައިވެއެވެ. އެގޮތުން ޒާން އިނގިރޭސި ވިލާތަށް ހިޖުރަކޮށް އެ ގައުމައި ހަތަރު އަހަރު ކުޅުމަށްފަހު އަނެއް ހަތަރު ކުޅުނީ ސްޕެއއިންގައެވެ.


އާންމުކޮށް އެޓޭކިން މިޑްފީލްޑަރެއްގެ މަގާމަށް ކުޅޭ ޒާން  ކްލަބު ވެލެންސިއާގައި ވެސް ފެނިގެންދާނީ މިޑްފީލްޑަރެއްގެ ގޮތުގައި ކަމަށް ބޮޑަށް ލަފާ ކުރެވޭ ކަމަށާއި، އެހެންނަމަވެސް އަދި ޓީމާ އެކު އެއްވެސް ވަރަކަށް ޕްރެކްޓިސް ކުރުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށް ޒާން ބުންޏެވެ. 


ކޮވިޑް 19 ގެ ސަބަބުން ފުޓްބޯޅަ ހުއްޓާލާފައިވާތީ  ޓީމުތަކަށް ފަރިތަކުރުންތައް ފެށޭނެ މަގެއް އަދި ނުފެނެއެވެ.  އަދި ސީޒަން ފަށާނެ ތާރީހެއްވެސް އެފްއޭއެމުން ކަނޑައެއް ނާޅައެވެ. އެހެންނަމަވެސް ކުރިޔަށް އޮތް ދުވަސްތަކުގައި ކޮވިޑް-19ގެ ހާލަތަށް ރިއާޔަތް ކޮށް އެޗްޕީއޭއިން ފުޓްބޯޅައިގެ ހަރަކާތްތަކަށް ހުއްދަ ދިނުންވެސް އެކަށީގެންވެއެވެ. 


ޒާން އަކީ ޕްރޮޕެޝަނަލް ކެރިއާއެއްގެ ގޮތުގައި ފުޓްބޯޅަ ހިޔާރުކޮށް ވަރަށް ހަގު އުމުރުން ފެށިގެފުރާގެ ކުދިންނަށް ފުޓްބޯޅައިގެ ދާއިރާއިން ކުރިއެރުންތައް ހޯދައިދޭން މަސައްކަތް ކުރާ ކުޅުންތެރިއެވެ. އެގޮތުން ޒާން އަންނަނީ " އާޖިލަކަށް" މި ނަމުގައި ހަގު އުމުރު ފުރާގެ ކުދިންނަށް ހާއްސަ ސެޝަންތަކެއް ނަގައިދެމުންނެވެ. މި ސެޝަންތަކުގައި ބޮޑަށް ފޯކަސް ކުރަނީ ކުދިން މެންޓަލީ ފިޓް ކޮށް ބޭއްތިއްބުމާއި ސައިކޮލޮޖިކަލީ ދަސްކުރަންޖެހޭ ކަންކަން ކުދިންނަށް ބުނެދިނުމަށެވެ. މީގެ އިރުތުން ފިޓްނެސް ހިފެހެއްޓުމާއި ފުޓްބޯޅައިގެ އުކުޅުތައް

ދަސްކޮށްދިނުންވެސް  މި ސެޝަންތަކުގައި ތެރޭގައި ހިމެނޭނެއެވެ.  


މިހާރު ސްޕޯޓްސް ކޮމިޝަނަރގެ މަގާމު ފުރުއްވާ  އަހުމަދު ސަލީމް (ބޮޑު ހީނާ) އާއި ކުރީގެ ގައުމީ ޓިމުގެ ކެޕްޓަން އިސްމާއިލް އާސިފް ( ކުޑަ ހީނާ) ގެ ކޮއްކޮ ޒާން ހުރީ އަދިވެސް ސްޕެއިން އަށް ދެވޭނެ ކަމުގެ އުންމީދުގައެވެ. 






Leave a Comment:

Comments will be published after moderation.