News
ފުނަދޫ ޔުނިޓީ ކަޕް 2020 – ވެޓްރަންސް: އަންހެން ޗެމްޕިއަންކަން ތޭރަތިރީހަށް
2 އޮކްޓޯބަރު 2020
ށ. ފުނަދޫ ޔުނިޓީ ކަޕް 2020 – ވެޓްރަންސް ފުޓްސަލް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ތޭރަ ތިރީސް ހޯދައިފި އެވެ.
ރޭ ކުޅުނު ފައިނަލްގައި ތޭރަ ތިރީސް ޗެމްޕިއަންކަން ކަށަވަރު ކުރީ 4-1 ން އަންމޯ އައްޕޯ ބަލިކޮށްގެންނެވެ.
މި މެޗުގައި ތޭރަތިރީހުގެ ނަޖްމާ ވަނީ ތިން ގޯލު ކާމިޔާބުކޮށްފައެވެ. ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ ޒުލޭ އެވެ. އަންމޯ އައްޕޯގެ ހަމައެކަނި ގޯލު ޖަހައިދިނީ ޝެހޭ އެވެ. ރޭގެ މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ތޭރަތިރީހުގެ ނަޖްމާއެވެ.
ވެޓްރަންސް މުބާރާތުގައި
ރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ށ. ޅައިމަގު ކުޅުންތެރިންގެ ޓީމް
އެފްސީ ފަގީރާ ބަލިކޮށް ޑެޑީސް ޓީމުން ވަނީ ފައިނަލްގެ ފަހު ޖާގަ
ކަށަވަރުކޮށްފައެވެ.
މި މެޗުގައި ޑެޑީސް އިން
ފަގީރާ ބަލުކުރީ 4-2 ގެ ނަތީޖާއިން ނެވެ. މެޗުގައި ގޯލްތައް ކާމިޔާބު ކޮށްދިން
ކުޅުންތެރިންގެ ތެރެއިން އަޒީ ވަނީ ދެ ލަނޑު ޖަހާފައެވެ. އަދި ޔޫއްޓޭ އާއި އަބޯ ވެސް
ވަނީ ދެ ލަނޑު ޖަހާފައެވެ. އެފްސީ ފަގީރާއަށް ދެ ގޯލްވެސް ކާމިޔާބު ކޮށްދިނީ
އަޒަމް އެވެ.
އެ މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑެޑީސް ޓީމުގެ އަޒީ އެވެ. ރޭގެ މެޗުގެ ނަތީޖާ އާއި އެކު ފައިނަލްގައި ޑޭޑީސް ނިކުންނާނީ ޓީއާމޯސް އާއި ދެކޮޅަށެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރެއެވެ.
ޕޮޓޯ: ޔުނިޓީ ކަޕް ފޭސްބުކް ޕޭޖް