News
މެންޗެސްޓަރ ޔުނައިޓެޑުގެ ރާއްޖޭގެ ސަޕޯޓަރުންގެ ޖަމުއިއްޔާ ރަޖިސްޓްރީކޮށްފި
1 އޮކްޓޯބަރު 2020
މެންޗެސްޓަރ ޔުނައިޓެޑުގެ ސަޕޯޓަރުންގެ ގޮތުގައި ރާއްޖޭގައި ތިބި އެ ކުލަބުގެ ސަޕޯޓަރުންނަށް ހާއްސަކޮށް އުފެއްދި ޖަމުއިއްޔާ ރަޖިސްޓްރީކޮށްފިއެވެ.
ރާއްޖޭގެ ޖަމުޢިއްޔާތަކާއި ބެހޭ ޤާނޫނުގެ ދަށުން "މެންޗެސްޓަރ ޔުނައިޓެޑް ސަޕޯޓަރސް ކްލަބް މޯލްޑިވްސް (އެމް.ޔޫ.އެސް.ސީ.އެމް.ވީ)" ހިންގާ ޖަމުޢިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވަނީ ނިމުނު ސެޕްޓެމްބަރު މަހުގެ 27 ގައެވެ.
ޖަމުއިއްޔާގެ މެމްބަރަކަށްވުމުގެ ފުރުސަތު ޔުނައިޓެޑަށް ސަޕޯޓުކުރާ ކޮންމެ މީހަކަށްވެސް އެބައޮތް ކަމަށް އެ ޖަމްއިއްޔާއިން މައުލޫމާތުދެއެވެ.
އަންނަ ހަފުތާގައި ޖަމުއިއްޔާގެ ހާއްސަ އިވެންޓެއް ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް އެ ޖަމްއިއްޔާއިން މައުލޫމާތުދެއެވެ.
ބޭރުގެ ކުލަބެއްގައި ރަޖިސްޓްރީވެގެން ރާއްޖޭގައި އަދި މިހާތަނަށް ހިންގަމުން އަންނަނީ ލިވަޕޫލް ސަޕޯޓަރުންނަށް ހާއްސަކޮށް އުފެއްދި އޮފިޝަލް ލިވަރޕޫލް ސަޕޯޓަރސް ކުލަބް އޮފް މޯލްޑިވްސް އެވެ. އެ ކުލަބުވެސް ވަނީ ރާއްޖޭގެ ޖަމުއިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައެވެ.