News

އޭއެފްސީ އާއި އަރޯރާގެ 'އީގޯލް'ގެ ފުރުސަތު ރާއްޖޭގެ ފާލިލް އާއި ސިއުނާ

1 އޮކްޓޯބަރު 2020






އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އާއި ޖޯޑަންގެ ޔޫތް ޑިވެލޮޕްމެންޓް އޮގަނައިޒޭޝަން (އަރޯރާ) ގުޅިގެން ކުރިގެން ކުރިޔަށް ގެންދާ 'އޭއެފްސީ-އަރޯރާ އީގޯލް' ގައި ބައިވެރިވުމަށް ފުރަތަމަ ފަހަރަށް ގައުމީ ޓީމުގެ ފާއިލް އާއި ސިއުނާ ހޮވިފައިވާ ކަމަށާއި، މިއީ އޭއެފްސީ ޔޫތް ސޯޝަލް ރެސްޕޯންސިބިލިޓީ އެމްބެސެޑަރ ޕްރޮގްރާމުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ލިބުނު ފުރުސަތު ކަމަށް އެފްއޭއެމުން ބުނެފިއެވެ. 

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިކަން އިއުލާނު ކުރީ ސެޕްޓެމްބަރު މަހުގެ 22 ގައެވެ.

މި ޕރޮގްރާމަށް ހޮވުނު ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ އަންހެން ކުޅުންތެރިޔާ އައިޝަތު ސިއުނާ ބުނީ އޭނާއަށް މިފުރުސަތު ލިބުމުން ވަރށް އުފާވެއްޖެ ކަމަށާއި، މި ޕްރޮގްރާމުން ފުޓްބޯޅައާއި ގުޅޭ މައުލޫމާތު ދަސްކުރުމަށްފަހު  ރަނގަޅު އެމްބެސެޑަރެއްގެ ގޮތުގައި އެހެން އަންހެން ކުދިން ބާރުވެރިކުރުވާ އަދި އަންހެން ކުދިންނަށް ފުޓްބޯޅައިގައި ހުރި ފަހި ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ. 

 


މި ޕްރޮގްރާމަށް ހޮވުނު ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ އަންހެން ކުޅުންތެރިޔާ އައިޝަތު ސިއުނާ ބުނީ އޭނާއަށް މިފުރުސަތު ލިބުމުން ވަރށް އުފާވެއްޖެ ކަމަށާއި، މި ޕްރޮގްރާމުން ފުޓްބޯޅައާއި ގުޅޭ މައުލޫމާތު ދަސްކުރުމަށްފަހު  ރަނގަޅު އެމްބެސެޑަރެއްގެ ގޮތުގައި އެހެން އަންހެން ކުދިން ބާރުވެރިކުރުވާ އަދި އަންހެން ކުދިންނަށް ފުޓްބޯޅައިގައި ހުރި ފަހި ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ. 

 މި ޕްރޮގްރާމަށް ހޮވުނު ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ މުހައްމަދު ފާލިލް ފާއިގް ބުނީ މިއީ ހަގީގަތުގައިވެސް ވަރަށް ބޮޑު ފަހުރެއް ކަމަށާއި، ގިނަ އާ އެއްޗެހިތަކެއް ދަސްވާނެ ކަމަށް އުންމީދު ކުރާ ކަމަށާއި، މިއީ ވަރަށް ރަނގަޅޫ ތަޖްރިބާއަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. 

އަދި މި ޕްރޮގްރާމުން ދަސްވާ ކަންތައްތަކަކީ މުސްތަގުބަލަށް ފައިދާ ކުރާނެ އަދި ދަސްވާ އާ ކަންތައްތައް ރާއްޖޭގެ ފުޓްބޯޅަ ކޮމިއުނިޓީ އާއި ހިއްސާކޮށް ރަނގަޅު ބަދަލެއް ގެނެދެވިދާނެ ކަމަށް އުންމީދު ކުރާކަމަށްވެސް ފާލިލް ބުންޏެވެ.  


 އޭއެފްސީ އާއި އާރޯރާއިން ގުޅިގެން ހިންގާ "އީގިލް" ސޯޝަލް ރެސްޕޯންސިބިލިޓީ ޕްރޮގްރާމަކީ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަންނުވެރިންގެ ތަޖްރިބާ ހިއްސާ ކުރާ ވޯކްޝޮޕެކެވެ. މި  ޕްރޮގްރާމުގައި އޭޝިއާގެ 30 ގައުމަކުން 60 ކުޅުންތެރިން ބައިވެރިވެއެވެ. މި ވޯކްޝޮޕްގައި ނުވާ މައުލޫއަކަށް ބައިވެރިންނާއި މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވެއެވެ.  މި ޕްރޮގްރާމް ފުރިހަމަ ކުރާ ބައިވެރިންނަށް އޭއެފްސީ ޔޫތް ސޯޝަލް ރެސްޕޯންސިބިލިޓީ އެމްބެސެޑަރު ކަމުގެ ސެޓިފިކް ލިބޭނެއެވެ.

 

އެފް.އޭ.އެމް

Leave a Comment:

Comments will be published after moderation.