News

ފުނަދޫ ވެޓްރަންސް މުބާރާތް: މިރޭ ފައިނަލްގައި އަންމޯ އައްޕޯ އާއި ތޭރަތިރީސް

1 އޮކްޓޯބަރު 2020






ށ. ފުނަދޫގައި ކުރިޔަށްދާ އެކުވެރިކަމުގެ ފުޓްސަލް މުބާރާތް 'ޔުނިޓީ ކަޕް 2020- ވެޓްރަންސް' ގެ އަންހެން ޑިވިޝަނުގެ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ.


ފައިނަލްގައި ބައްދަލް ކުރާނީ 'އަންމޯ އައްޕޯ' ޓީމާއި'ތޭރަ ތިރީސް' ޓީމެވެ. އަންމޯ އައްޕޯ' ފައިނަލަށް ދަތުރުކުރީ  5-3 އިން 'މަންމީސް'  ބަލިކޮށްގެންނެވެ.


 އެ މެޗުގައި އަންމޯ އައްޕޯއަށް ލަނޑުގެތެރެއިން އެއް ގޯލު ކާމިޔާބުކޮށްދިނީ އާގިލާ  އެވެ. ޝެހޭ ދެ ގޯލު ކާމިޔާބުކޮށްދިން އިރު އެޓީމުގެ ލީލާވެސް ވަނީ ދެ ގޯލު ކާމިޔާބުކޮށްދީފައެވެ. 

 

މަންމީސްއަށް ކާމިޔާބުކުރެވުނު ތިން ލަނޑުގެ ތެރެއިން އެއް ގޯލު ޖަހައިދިނީ ސުވޭ އެވެ. އަނެއް ދެ ގޯލު ކާމިޔާބު ކޮށްދިނީ އައިޝަތު އަހުމަދު އެވެ.


 'ތޭރަ ތިރީސް' ފައިނަލްގެ ޖާގަ ކަށަވަރުކުރީ 4-1 އިން 'ތާރޓީ ޕްލަސް' ބަލިކޮށްގެންނެވެ.  އެ މެޗުގައި ތޭރަ ތިރީހަށް ލަނޑުތައް ޖަހައިދިނީ ނަޖްމާ އާއި  އައިންތު އަދި ސީމާއެވެ. ނަޖްމާ ވަނީ ދެ ގޯލު ޖަހާފައެވެ. ތާރޓީ ޕްލަސްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އައިންތު އެވެ. 

ރޭ ކުނި ސެމީ ފައިނަލް މެޗުގެ ތެރެއިން - ފޮޓޯ: ޔުނިޓީ ކަޕް ފޭސްބުކް ފޭޖް

ވެޓްރަންސް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗު ކުޅުނީ ރޭގައެވެ.


އެ މެޗުގައި 3-6  ން 'ޑޭޑީސް' ބަލިކޮށް 'ޓިއާމޯސް' ވަނީ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފަ އެވެ. ރޭގެ މެޗުގައި ޓިއާމޯސްއަށް ފުރަތަމަ ދެ ގޯލް ޖަހައިދިނީ ގައްބެއެވެ. އަނެއް ދެ ގޯލް ޖަހައިދިނީ އަދުރޭ އާއި އިއްބެ މީގެ އިތުރުން ޑޭޑީސްގެ ޒެންޑޯ އަދި އަންމަޑޭ އަތުން ބައިކޮޅަށްވެސް ދެ ގޯލު ވަނެވެ. 

ޑޭޑީސް ޓީމަށް ކާމިޔާބުކުރެވުނު ތިން ލަނޑުގެ ތެެރެއިން  އަންމަޑޭ  ވަނީ 2 ގޯލު ކާމިޔާބުކޮށްދީފައެވެ. އަނެއް ލަނޑު ޖަހައިދިނީ ޔޫއްޓޭ އެވެ. 


މިރޭ  21:00 ގައި ސެމީގެ ދެވަނަ މެޗުގައި އެފްސީ ފަގީރާ އާއި ދެކޮޅަށް ޑޭޭޑީސް ނުކުންނާނެއެވެ. އެފްސީ ފަގީރާ އަކީ ށ.ޅައިމަގު ޓީމެކެވެ.    ތޭރަތިރީސް، އަންމޯ އައްޕޯ ކުޅޭ ފައިނަލް މެޗު އޮންނާނީ މިރޭ 22:00 ގައެވެ.


ފުނަދޫގެ ދެ ޒުވާނުން އިސްނަގައިގެން ސްޕޮންސަރުންގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދާ ވެޓްރަންސް ފުޓްސަލް މުބާރާތަކީ އެރަށުގެ ދޮށީ އުމުރުގެ މީހުން ކުޅިވަރަށް އަހުލުވެރި ކުރުވާ ދުޅަހެޔޮކަންމަތީ ބޭތިއްބުމަށް ކުރިޔަށްގެންދާ މުބާރާތެކެވެ.


football

Leave a Comment:

Comments will be published after moderation.