News
ހދ. ކުރިނބީ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި
30 ސެޕްޓެމްބަރު 2020
ހދ. ކުރިނބީގައި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓުން ގާއިމުކުރާ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި އެވެ. މިއީ 1،388،841 ރުފިޔާ ހަރަދުކޮށްގެން ތަރައްގީ ކުރި ދަނޑެވެ. ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވީ " ހދ. ކުރިނބީގެ ޒުވާނުން އަދި ކައުންސިލުން އެދުނު ގޮތަށް ފުޓްސަލް ދަނޑު ވަނީ ނިމިފަ" ކަމަށެވެ.
އަދި މި މަސައްކަތުގައި ކުރިނބީ ހިމެނޭ ދާއިރާ ކަމުގައިވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދާއި ކުރިނބީ ކައުންސިލާއި ޒުވާނުން ދިން އެއްބާރުލުން ފާހަގަކުރައްވާ މަހްލޫފު ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ކުރިނބީ ދަނޑުގެ އިތުރުން އުތުރާއި ދެކުނުގައިވެސް މި ސަރުކާރުން ވަނީ ބައެއް ފުޓްސަލް ދަނޑުތަކުގެ މަސައްކަތް ނިންމާފައެވެ. އަދި ބައެއް ދަނޑުތަކުގައި ޓާފް އެޅުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަން ފާހަގަ ކުރެވެއެވެ.
ކުރިނބީއަކީ އާބާދީ މަދު ރަށެއް ނަމަވެސް އެރަށުގައި ފުޓްސަލް ދަނޑެއް ގާއިމުކޮށްދިނުމުން ރަށުގެ ޒުވާނުން ވަނީ ސަރުކާރަށް ޝޯޝަލް މީޑިއާގައި ޝުކުރު އަދާކޮށްފައެވެ. އެއްވެސް ރަށެއް ތަފާތުނުކޮށް އާބާދީއަށް ނުބައްލަވާ ހަމަހަމަކާއެކު ކުޅިވަރު ކުޅޭ ފެސިލިޓީތައް ގާއިމުކޮށްދެއްވާނެ ކަމަށް މިނިސްޓަރ މަހްލޫފު ވަނީ ވިދާޅުވެފައެވެ.