News
ޒާންގެ "އާޖީލަކަށް" ތަމްރީނުތަކުގެ އަޖުމަ ބަލާލަން ބޭނުންތަ؟
29 ސެޕްޓެމްބަރު 2020
ސްޕެއިންގެ ހަތަރުވަނަ ޑިވިޝަނުގެ ކުލަބެއް ކަމުގައިވާ ޔޫޑީ ކެނަލްސް އަށް ކުޅުނު އިސްމާއިލް ޒާން އާމިރު، ޒުވާން އެތްލީޓުން އުފެއްދުމަށް ހާއްސަ ޕްރޮޖެކްޓެއް އެބަ ހިންގައެވެ.
ހާއްސަކޮށް ފުޓްބޯޅައިގައި ކުރިޔަށްދާން ބޭނުންވާ ޒުވާނުންނަށް އެހީވުމުގެ ގޮތުން
'އާޖީލަކަށް' މި ނަމުގައި ޖޫންމަހު ޒާން ފެށި މަސައްކަތާއި ގުޅޭ ގޮތުން ޒާން ބުނީ"އަޅުގަނޑުމެން ފިޓްނަސް މެއިންޓެއިން ކުރާނެ ގޮތް ބުނެދީ މީލް ޕްލޭންތައް ވެސް އެބަ ހަދައިދެން، އާ ޖީލަކަށް ޕްރޮޖެކްޓަކީ އަސްލު މެންޓަލީ ކުޅުންތެރިން ފިޓްވާން، ސައިކޮލޮޖިސްޓަކާއި ގުޅިގެން ވެސް ސެޝަންތައް އެބަ ނަގައިދެން، އިންޖަރީ މެނޭޖްމެންޓް ކްލާސްތަކެއްވެސް ނަގައިދެން، އެ ސެޝަންތައް ނަގައިދޭނީ ލުބާނާ ޝާހް، ދެން އަންނަ މަހު އެބަ ބާއްވަން ބީޗް ޓްރޭނިންތަކެއް ، އެއްފަހަރާއި ތިން ކުދިން ކަހަލަ ގޮތަކަށް ބައިވެރިކޮށްގެން" .
ޒާން ބުނީ މި ޕްރޮޖެކްޓަކީ މަޖަލަކަށް ބޯޅަ ކުޅޭ ކުއްޖަކަށް ރެކޮމެންޑް ކުރާނެ ޕްރޮޖެކްޓެއް ނޫން ކަމަށާއި މިސެޝަންތަކާއި ޓްރޭނިންގ ތަކުގައި ބައިވެރިވާން ރެކޮމެންޑް ކުރަނީ މުސްތަގްބަލުގައި ފުޓްބޯޅަ ނުވަތަ އެހެންވެސް ކުޅިވަރެއް، ޕްރޮފެޝަނަލްކޮށް ކުޅެން ބޭނުންވާ ކުދިންނަށް ކަމަށެވެ.
ކޮވިޑާއި ހެދި ސްޕެއިންއަށް އަނބުރާ ނުދެވި ރާއްޖޭގައި ހުރި ޒާންގެ 'އާޖީލަކަށް" މިއީ 10-18 އަހަރުގެ އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮޖެކްޓެކެވެ. ޒާން އަކީ ޔޫރަޕްގެ ފުޓްބޯޅަަަަައިގެ ތަޖްރިިިިހުރިި ދިވެހި ފުޓްބޯޅަ އާއިިިިިިލާއެއްގެ މެންބަރެކެވެ. ސްޕެއިން އާއި އިނގިރޭސިވިލާތުގައި ވަރަށް ހަގު އުމުރުން ފެށިގެން ފުޓްބޯޅައިގެ ތަމްރީނުތަކާއި ތަޖްރިބާތައް ހޯދަމުން އައި ފަރާތެކެވެ. ޒާން އެންމެ ފަހުން ފާއިތު ހަތަރު އަހަރު ކުޅެމުން އައީ ސްޕެއިންގައެވެ. އޭގެ ކުރިން އޭނާ ކުޅެފައިވަނީ އިނގިރޭސިވިލާތުގައެވެ .
ޒާން ވަނީ ' އާޖީލަކަށް' ޕްރޮޖެކްޓްގައި ބައިވެރިވި ވިއްސަކަށް ކުދިންނަށް ސްޕެއިންގެ ސްޕޯޓްސް ސައިކޮލޮޖިސްޓެއް ކަމަށްވާ މާޓީން ޓޮރީބިއޯއާއި އެކު ސެޝަންތައް ނަގައިދީފައެވެ. 13 އަހަރުން ދަށުގެ ގައުމީ ޓީމާއި 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިން ހިމެނޭހެން ސްޕޯޓްސް ސައިކޮލޮޖީ އާއި ގުޅޭ ސެޝަންތަކުގައި ވާޗުއަލްކޮށް ބައިވެރިވި ކުދިންވަނީ އެ ޕްރޮގްރާމް ފުރިހަމަކޮށް ސެފިކެޓްވެސް ހާސިލްކޮށްފައެވެ.
މި ޕްރޮޖެކްޓްގައި ބައިވެރިވެ އަޖުމަ ބަލާލުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. ފްރޮފެޝަނަލް ފުޓްބޯޅައިގައި ކުރިއަށްދާން ބޭނުންވާ ނަމަ 'އާޖީލަކަށް' ޕްރޮޖެކްޓްގައި ބައިވެރިވާން އީމެއިލް ކުރެވިދާނެ ކަމަށާއި ފޭސްބުކް ޕޭޖާއި [email protected] މި އީމެއިލް އާއި7633132 އަށް ފޯނުކޮށްގެންވެސް މައުލޫމާތު ސާފުކުރެވޭނެ ކަމަށް ޒާން ބުންޏެވެ.
ފޮޓޯ : އާރލީޓަޗް ފުޓްބޯޅަ އެކަޑަމީގެ ފޭސްބުކް ޕޭޖް
football Zaan