News

ޔޫއޭއީ އާއި ގައުމީ ޓީމުން ކުޅޭ މެޗުތަކަށް ޑިސެމްބަރު 8 ގައި ލީގު ފެށޭތޯ ބަލަނީ

27 ސެޕްޓެމްބަރު 2020






ޔޫއޭއީ އާއި އެކު ދިވެހި ގައުމީ ޓީމުން ބާއްވާ އެކުވެރިކަމުގެ ފުޓްބޯޅަ މެޗުތައް ޑިސެމްބަރުގައި ބޭއްވޭތޯ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދައަށް އެދިފައިވާކަމަށް އެފްއޭއެމްގެ ޖެނެރަލް  ސެކެއްޓްރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވެއްޖެއެވެ. 


ބޯޅަ.އެމްވީއަށް މައުލޫމާތުދެއްވަމުން ޖަވާ ވިދާޅުވީ ޑިސެމްބަރު 8ގައި ލީގު ފެށޭތޯ އެޗްޕީއޭގެ ހުއްދަޔަށް އެދި މެޗުތައް ކުރިޔަށްގެންދާނެ ގޮތުގެ ގައިޑްލައިން އާއި އެކު ހުށަހަޅާފައިވާ ކަމަށެވެ. 


އަދި ޔޫއޭއީ އާއި އެކު ކުޅޭ އެކުވެރިކަމުގެ މެޗުތައް ބޭއްވޭނީ އެޗްޕީއޭ އިން އެކަމަށް ހުއްދަ ދިނުމުން ކަމަށެވެ. 


ޔޫއޭއީ އާއި އެކު ގައުމީ އަންހެން އަދި ފިރިހެން ޓީމުންވެސް ދެމެޗު ކުޅުމަށް ހަމަޖެހިފައި ވެއެެވެ. މި މެޗުތައް ކުޅޭނީ ދެގައުމުގައެވެ. 


ދެގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރާވާފައިވާ މި  މެޗުތަކާއި ގުޅޭ ހަބަރު މީޑިއާ އާއި ފުރަތަމަ ހިއްސާ ކުރެއްވީ އޮގަސްޓު މަހު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ރައީސް ބައްސާމް އަދީލް ޖަލީލް ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅަކަށް ފަހު އެވެ. 


ބައްސާމް ކުރެއްވި ޓްވީޓެއްގައި މި ހަބަރު ދެއްވުމާއި އެކު ދިވެހި ފުޓްބޯޅައިގެ ސަޕޯޓަރުން ތިބީ ކޮވިޑްގެ މި ހާލަތުން އަރައިގަނެވި ވީއެންމެ އަވަހަކަށް ގައުމީ ޓީމުގެ މެޗެއް ބަލާލަން ދަނޑަށް ދިއުމުގެ އިންތިޒާރުގައެވެ. 



Leave a Comment:

Comments will be published after moderation.