News
މުޅިން އަލަށް ޤައުމީ ޓީމެއްގައި ޕޮލިސް އަދި އެމް.އެން.ޑީ.އެފް ގެ ދެ ޒުވާން ކުޅުންތެރިން
4 މާރިޗު 2019
ޓްރެއިނިން ކޭމްޕެއް ކުރުމަށް މިހާރު ފުރާފައިވާ 27 ކުޅުންތެރިންގެ ޤައުމީ 23 އަހަރުން ދަށުގެ ޒުވާން ޓީމުގައި މުޅިން އަލަށް، ފުރަތަމަ ފަހަރަށް ޕޮލިސް އަދި އެމް.އެން.ޑީ.އެފް ގެ ދެ ކުޅުންތެރިއަކު ހިމެނިއްޖެއެވެ. މިއީ ޤައުމީ ޓީމަކުން މިފަދަ ގޮތަކަށް މި ދެ މުއައްސަސާއަށް ނިސްބަތްވާ ކުޅުންތެރިއަކު ޤައުމީ ސްކޮޑެއްގައި ހިމެނިގެންދިޔަ ފުރަތަމަ ފަހަރެވެ.
އެ ދެ ކުޅުންތެރިންގެ ތެރެއިން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނިސްބަތްވަނީ ޑިފެންސް މަގާމަށް ކުޅެމުންއަންނަ ލ.ދަނބިދޫއަށް އުފަން 20 އަހަރުގެ އިސްމާއިލް ހަމްދޫންއެވެ. ހަމްދޫން ފާހަގަވެގެން ގޮސްފައިވަނީ ނިމިދިޔަ އެފް.އޭ.އެމް ޔޫތް ޗެމްޕިއަންޝިޕްގައި ކްލަބް އީގަލްސްގެ ޒުވާން ޓީމުންނެވެ. އީގަލްސް އިން މިފަހަރުގެ ޔޫތް މުބާރާތް ކާމިޔާބުކޮށް، 4 ވަނަ ފަހަރަށް ތަށި ކާމިޔާބުކުރިއިރު ހަމްދޫން ވަނީ އީގަލްސް ޒުވާން ޓީމުގެ ފުރަތަމަ އެގާރައިގައި އެއްމެޗު ފިޔަވާ ހުރިހާ މެޗެއްގައި ކުޅެ ޑިފެންސްގައި މުހިއްމު ދަޢުރެއް ކުޅެފައެވެ.
މި ދެކުޅުންތެރިންގެ ތެރެއިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްއަށް ނިސްބަތްވާ ކުޅުންތެރިއާއަކީ ހއ.ދިއްދޫއަށް އުފަން 21 އަހަރުގެ މުޙައްމަދު ނިޔާޒުއެވެ. ފޯވާޑު މަޤާމަކަށް ކުޅެމުން އަންނަ ނިޔާޒު ފާހާގަ ވެގެން ގޮސްފައިވަނީ ނިމިގެން ދިޔަ އެމް.އެން.ޑީ.އެފް ގެ 16 ވަނަ އިންޓަރ ޑިޕާރޓްމަންޓް ފުޓްބޯޅަ މުބާރާތުންނެވެ. މި މުބާރާތުގައި ނިޔާޒް ކުޅުފައިވާ ޓީމު ވަނީ އެ ޑިވިޝަންގެ މުބާރާތްކާމިޔާބިކޮށް ތަށި އުފުލާލާފައެވެ.
2020 ވަނަ އަހަރު ތައިލެންޑްގައި އޮންނަ އޭފް.އެފް.ސީ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕަށް ކޮލިފައިވުމަށްކުޅޭ ކޮލިފިކޭޝަންގެ ކުރިން 23 އަހަރުން ދަށުގެ ދިވެހި ޤައުމީ ފިރިހެން ޓީމު ކޭމްޕް ކުރާނީ ފިލިޕީންސްގެ މެނީލާގައެވެ. ފިލިޕީންސްގައި ގާތްގަނޑަކަށް ދެ ހަފުތާގެ ފަރިތަކުރުންތަކަށްފަހު ، ދިވެހި ޓީމު މެނީލާއިން ކޮލިފައިން މިފަހަރު ބޭއްވޭ ސައުދީގެ ރިޔާޛަށް ދިވެހި ޓީމް ފުރާނީ މާޗް 18ވަނަ ދުވަހުގައެވެ.
ފިލިޕީންސްއަށް ކުރާ މި ޓްރެއިނިން ކޭމްޕްގައި ޒުވާން ޓީމުގު ސޮކޮޑްގައި 27 ކުޅުންތެރިން ހިމެނެއެވެ. ނަމަވެސް ޓްރެއިނިންގ ކޭމްޕް ނިންމާލުމަށްފަހު ކޮލިފިކޭސަން ކުޅުމަށް ސައުދީއަށް ދަތުރު ކުރާނީ 4 ކުޅުންތެރިއަކު އުނިކުރުމަށްފަހު 23 ކުޅުންތެރިންގެ ސްކޮޑެކެވެ.
2020 AFC U-23 Championship Qualification Dhivehi Sifainge Club (DSC) FAM Police Club