News
ގައިދުރުކޮށް ކުޅުނު މެޗެއްގައި 0-37 ން ފުޓްބޯޅަ ޓީމެއް ބަލިވެއްޖެ
23 ސެޕްޓެމްބަރު 2020
ގައި ދުރުކަން ކަށަވަރުކޮށްގެން ކުޅުނު ފުޓްބޯޅަ މެޗެއްގައި ޖަރުމަނުގެ ޓީމެއް 37-0 އިން ބަލި ވެއްޖެއެވެ.
ކޮވިޑް-19ގެ ސަބަބުން ސަޕޯޓަރުންނަށް މެޗު ބަލަން ނުވަދެވޭހެން އަދި ގައިދުރުކަން ކަށަވަރު ކޮށްގެން ކުޅުނު މެޗުގައި ބަލިވި 'ރިޕްޑޯފް' ޓީމަށް ކުޅެން އަރާ ތިބީ ވެސް އެންމެ ހަތް ކުޅުންތެރިންނެވެ.
ރިޕްޑޯފް ޓީމުން މިހާ ހިތްދަތި ގޮތަކަށް ބަލިވި މެޗަކީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު 'އެސްވީ ހޯލްޑެންސްޑެޓް II' ކިޔާ ޓީމަކާއި ދެކޮޅަށް ކުޅުނު މެޗެކެވެ.
އެޓީމުން ކުރިން ކުޅުނު މެޗެއްގައި ކޮވިޑް-19ގެ ކޭހަކާއި ކޮންޓެކްޓް ވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުޅެން ނެރުނީ 7 ކުޅުންތެރިންނެވެ. މެޗުގައިވެސް ގައިދުރުކަން ބަހައްޓަން އެ ކުޅުންތެރިންނަށް އެންގިނަމަވެސް ހުރިހާ ކުޅުންތެރިން ކޮވިޑަށް ޓެސްޓް ކުރި އިރު އޭންމެންގެ ސާމްޕަލް ވެސް ވަނީ ނެގެޓިވް ވެފައެވެ.
ރިޕްޑޯފުން މިމެޗު ނުކުޅުނު ނަމަ އެޓީމަށް 200 ޔޫރޯގެ ބޮޑު ޖޫރިމަނާއަކާއި ކުރިމަތިވާނެއެވެ. އެޓީމުން ބުނީ ކުޅެން ނިކުތް އަނެއް ޓީމުގެ ކުޅުންތެރިން ކޮވިޑްޖެހިފައިވާ މީހަކާއި ކޮންޓެކްޓްވިތާ 14 ދުވަސް ހަމަނުވަނީސް އެޓީމާއި އެކު ކުޅެން ޖެހިލުންވާ ކާމަށެވެ. އެހެންކަމުން މެޗު ލަސްކޮށްދިނުމަށް އިންތިޒާމް ކުރާ ފަރާތުގައި އެދުނު ކަމަށްވެސް އެޓީމުން ބުންޏެވެ.
ނަމަވެސް މެޗުގެ ކަންކަން ބަލަހައްޓާ އެސޯސިއޭޝަނުން މެޗު ލަސްކޮށްދިނުމަށް ދެކޮޅު ހެދީ އެވެ. ހޯލްޑެންސްޓެޑުން މި މެޗަށް ނެރުނީ ވެސް ދެވަނަ ޓީމުގެ ކުޅުންތެރިންނެވެ. ހޯލްޑެންސްޓެޑުން ވަނީ މެޗުގެ ކޮންމެ ދެތިން މިނެޓަކުން ލަނޑެއް ޖަހާފައެވެ. ރިޕްޑޯފުން ގައި ދުރުކަން ބަހައްޓަންވެގެން ކުޅުންތެރިން ބޭތިއްބީ 2 މީޓަރު ދުރުމިނުގައެވެ.