News
ފޯކައިދޫ ބަޑީޒް ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ބްލަޑް ބްރަދާސް އަށް
20 ސެޕްޓެމްބަރު 2020
ށ. ފޯކައިދޫ "ބަޑީޒް ފުޓްސަލް ޗެލެންޖް 2020" ގެ ޗެމްޕިއަންކަން ބްލަޑް ބްރަދާސް ހޯދައިފިއެވެ.
މިމަހުގެ 5 ގައި ފެށި މި މުބާރާތުގެ ފައިނަލް މެޗު ކު ޅުނީ ހުކުރު ދުވަހުގެ ހަވީރެވެ. މި މެޗުގައި ބްލަޑް ބްރަދާސްއިން މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރު ކުރީ7-2 ން އެފްސީ އުނދޯލި ބަލިކޮށްގެންނެވެ.
އިއްޔެގެ މެޗުގައި ބްލަޑް ބްރަދާސް ގެ ހުސެއިން ފަޒީލު ވަނީ 3 ލަނޑު ޖަހާދީފައެވެ. އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ޝަމާލް އެވެ. އަދި ރިޝްވާން އާއި އިމާދު ވެސް ވަނީ ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ޖަހާދީފައެވެ. އެފްސީ އުނދޯލި އަށް ކާމިޔާބު ކުރެވުނު 2 ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ މާލިކެވެ.
މުބާރާތުގެ ވަނަތަކާއި މަގާމުތައް ލިބުނު ކުޅުންތެރިން
ފުޓްސަލް ކިންގް: އިބްރާހިމް މުޝީރު - އެފްސީ ފާކް
ޓޮޕް ސްކޯރާ: މުހައްމަދު ރިޝްވާންް ބްލަޑް ބްރަދާސް
މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން:
އެފްސީޕާކްގެ އިބްރާހިމް މުޝީރު، އަލަސްކާ ސްޕޯޓްސްގެ އަހުމަދު އަފްރާހް، ބްލަޑް ބްރަދާސް ގެ މުހައްމަދު ރިޝްވާން، ބްލަޑް ބްރަދާސްގެ އަހްމަދު ޝަމާލް އަދި އެފްސީ އުނދޯލިގެ އަބްދުލް މުހައިމިނު
ބެސްޓް ޔަންގް ޕްލޭޔަރ: ބްލެކް ސިޓީގެ އަހުމަދު ޝިމާން
ބެސްޓް އޯލްޑް ޕްލޭޔަރ : އެފްސީ ޕާކްގެ އަހުމަދު ނަބިލް
ބަޑީޒް ފުޓްސަލް ޗެލެންޖް އިންތިޒާމު ކުރި ފޯކައިދޫ ބަޑީޒް ގްރޫޕުން ވަނީ ކުޅިވަރު ގެ ރޫހާއި އެއްގޮތަށް މުބާރާތް ކުރިޔަށް ގެންދިއުމުގައި ހުރިހާ ފަރާތްތަކުން ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. "މުބާރާތުގެ ފޯރިއާއި ރޫހް ދެމެހެއްޓުމަށް ޓީމުތަކުން ދެއްވި އެއްބާރުލުމާއި ނަމޫނާއަކަށް ޝުކުރާއި މުބާރިކުބާދީ އަރިސްކުރަން " މުބާރާތުގެ ކޯޑިނޭޓަރ އަލީ ޤުރައިޝް ވިދާޅުވި އެވެ