News
12 އަހަރުން ދަށުގެ ގައުމީ ޓީމުގެ އީތަން އަށް ސްޕެއިނުން ރަނުގެ ފުރުސަތެއް
19 ސެޕްޓެމްބަރު 2020
ރާއްޖޭގެ 12 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހުނަރުވެރި އީތަން އިބްރާހިމް ޒަކީއަށް ސްޕެއިންގައި ތަމްރީނު ހެދުމުގެ ފުރުސަތު ލިބިއްޖެއެވެ.
އީތަންއަށް މިފުރުސަތު ލިބުނީ ސްޕެއިންގެ ދަ ނެކްސްޓް ޖެނެރޭޝަން ސްޕޯޓްސް އިން ވާޗުއަލްކޮށް ބޭއްވި ކޭމްޕެއްގައި ބައިވެރިވެ އޭނާ ދެއްކި މޮޅު ހުނަރަށް މަތީ ވަނަ އެއް ހޯދައިގެންނެވެ.
އެކި ގައުމުތަކުގެ ބައިވެރިންނާއި ވާދަކޮށް މިކޭމްޕުން އީތަން ވަނީ އެންމެ މަތީ ވަނަ ހޯދާފާއެވެ.
އުމުރުން އެންމެ 11 އަހަރުގައި އީތަން މި ހޯދި ރަނުގެ ފުރުސަތާއި ގުޅިގެން ގައުމީ ފުޓްބޯޅަ ޓީމުގެ ފޭސްބުކް ޕޭޖުގައި ވަނީ އީތަން އަށް މަރުހަބާ ކިޔާފާއެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިން އަންނަނީ އީތަން އަށް މަރްހަބާ ކިޔަމުންނެވެ.
އޭގެ ތެރޭގައި ބޯޅައެމްވީ ގެ ބްރޭންޑް އެންބެސެޑަރ އަދި ސީނިއާ ގައުމީ ޓީމުގެ ތަރި ރާއްޖޭގެ އެއްވަނަ ނަމްބަރު ކުޅުންތެރިޔާ އަލީ އަޝްފާގު ވެސް ވަނީ އީތަންއަށް މަރްހަބާ ކިޔާފައެވެ.
ރާއްޖޭގެ އެންމެ މޮޅު ގޯލްކީޕަރު އަދި ކުރީގެ ގައުމީ ޓީމުގެ ލެޖެންޑް މުހައްމަދު އިމްރާން ވެސް ވަނީ އީތަން ހޯދި މި ކާމިޔާބީ ފާހަގަކޮށް މަރްހަބާ ކިޔާފައެވެ.
ބޯޅައެމްވީ އިންވެސް އީތަންގެ މި ކާމިޔާބީއަށް މާރްހަބާ ކިޔާ އީތަންއަށް ކުރިއެރުމަށް އެދެމެވެ.
(އަޙުމަދު ޝާކިރު (ޝާކިއްޓެ football