News

އެފްއޭއެމުން ރާއްޖޭގެ ކޮންމެ ރަށަކަށް ބޯޅަ ހަދިޔާކުރަން ފަށައިފި

17 ސެޕްޓެމްބަރު 2020






މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތަށް ހާއްސަކޮށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ގެނައި ބޯޅަތައް ރާއްޖޭގެ ކޮންމެ ރަށަކަށް  ހަދިޔާކުރުމުގެ މަސައްކަތް އެއިދާރާއިން ފަށައިފިއެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށަކަށް ބޯޅަ ހަވާލުކުރާނެ ކަމަށާއި ކޮންމެ ރަށަކަށް 10 ބޯޅަ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ބޯޅަތައް ހަވާލުކުރަނީ އެ ދާއިރާއެއްގެ މެމްބަރުން މެދުވެރިކޮށް ކަމަށްވެސް ވިދާޅުވިއެވެ.

މި ބޯޅަތަކަކީ މިއަހަރު ބޭއްވުމަށް ނިންމި މިނިވަން ޗެމްޕިއަންޝިޕްް ފުޓްބޯޅަ މުބާރާތަށް އެފްއޭއެމް އާއި ކުޅިވަރާއި ބެހޭ ވުޒާރާއިން ގެނައި ބޯޅަތަކެއް ކަމަށެވެ. ނަމަވެސް ކޮވިޑްގެ ހާލަތާއި ގުޅިގެން މި މުބާރާތް މިއަހަރު ވަނީ ކެންސަލްކޮށްފައެވެ. މި ބޯޅަތައް ބަހަން ފަށާފައިވަނީ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފުގެ މަޝްވަރާގެ މަތިންކަމަށް ޖަވާ ވިދާޅުވިއެވެ. މި މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށާއި ވީހާވެސް އަވަހަކަށް މަޖިލިސް މެމްބަރުން މެދުވެރިކޮށް ބޯޅަ ހަދިޔާކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް ޖަވާޒް ވިދާޅުވިއެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ނެތްނަމަވެސް 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގު މުޅި ރާއްޖޭގައި ބޭއްވުމަށް އެފްއޭއެމުން ވަނީ ޕްލޭންކޮށްފައެވެ. މި މުބާރާތް ޕްލޭންކޮށްފައިވަނީ ހޯމް އެންޑް އަވޭ އުސޫލުން ކުރިޔަށްގެންދާ ގޮތަށެވެ. މި މުބާރާތް ބޭއްވުމަށް ރޭވިފައިވަނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.

އެފްއޭއެމުން ބޯޅަ ހަދިޔާކުރުމުގެ މަސައްކަތް ފަށާފައިވާއިރު ސަރުކާރުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޓުބޯޅަ ދަނޑުތައް އެޅުމުގެ މަސައްކަތްކުރަމުންނެވެ. މީގެތެރެއިން ގިނަ ދަނޑުތަކެއްގެ މަސައްކަތްތައް ނިމިފައިވާއިރު އަނެއްބައި ދަނޑުތަކުގެ މަސައްކަތް ދަނީ ކުރިޔަށެވެ.

FAM

Leave a Comment:

Comments will be published after moderation.