News
ފޯކައިދޫ "ބަޑީސް ފުޓްސަލް ޗެލެންޖް" ގެ ސެމީ ފައިނަލް މިރޭ
15 ސެޕްޓެމްބަރު 2020
ށ. ފޯކައިދޫގައި ވަރަށް ފޯރިއާއެކު ކުރިޔަށް ދާ "ބަޑީސް ފުޓްސަލް ޗެލެންޖް 2020" ގެ ސެމީ ފައިނަލް ދެމެޗު މިރޭ ކުޅޭނެއެވެ.
ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފްސީ ޕާކް އަދި އެފްސީ އުންދޯލިއެވެ. މި މެޗު ފެށޭނީ މިރޭ 20:30 ގައެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އަލަސްކާ ސްޕޯޓްސް އާއި ބްލަޑް ބްރަދާސް އެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:30 ގައެވެ.
ބަޑީސް ފުޓްސަލް ޗެލެންޖަކީ ފޯކައިދޫގައި ކުޅިވަރަށް ލޯބިކުރާ ޒުވާން ގުރޫފެއްކަމުގައި ބަޑީސް ގުރޫޕުން އިންތިޒާމް ކުރާ މުބާރާތެކެވެ. އެ ގްރޫޕުން މައުލޫމާތުދޭ ގޮތުގައި މިއީ ފޯކައިދޫގެ ތާރީހުގައިވެސް މި ފަހުން ބޭއްވޭ މިފަދަ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

ސެޕްޓެމްބަރު 5 ގައި ފެށި މި މުބާރާތުގައި ޖުމްލަ 10 ޓީމުން ބައިވެރިވިއެވެ. މި މުބާރާތުގެ މަގްސަދަކީ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވުމުގެ މަގްސަދުގައި ކުރިޔަށް ގެންދާ މި މުބާރާތާއި ގުޅޭ ގޮތުން ބޯޅައެމްވީއަށް މައުލޫމާތު ދެއްވަމުންބަޑީސްގެ ކޯޑިނޭޓަރ އަލީ ގުރައިޝް ވިދާޅުވީ މިއީ ސިލްސިލާ މުބާރާތެއް ކަމަށާއި ކުރިޔަށް އޮތް މުބާރާތްތައް މިއަހަރަށްވުރެ މާ ކުލަގަދަވާނެ ކަމަށެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 18 ސެޕްޓެމްބަރު ވާ ހުކުރު ދުވަހުގެ ހަވީރު 16:30 ގައެވެ. މި މެޗު ބަޑީސް ފޭސްބުކް ޕޭޖުން ލައިވް ކުރާނެ ކަމަށް އެ ގްރޫޕުން ބުނެއެވެ.