News

ފުނަދޫ ޔުނިޓީ ކަޕް 2020: ޗެމްޕިއަންކަން ރުއްދަނޑު އަދި ފްލޮރެންސަށް

14 ސެޕްޓެމްބަރު 2020






ށ. ފުނަދޫ ގައި ވަރަށް ފޯރިއާއި އެކު ކުރިޔަށް ގެންދިޔަ ފުޓްސަލް މުބާރާތް ރުއްދަނޑު ޓީމާއި ފްލޮރެންސް ޓީމުން ކާމިޔާބުކޮށްފި އެވެ.  

 

ރުއްދަނޑު ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފިރިހެން ޓީމުތަކުގެ ބައިން ފައިނަލް މެޗުގައި  5-3 ން އަލްފާ ބްރާވޯ ބަލިކޮށްގެންނެވެ.

 

މިމެޗްގައި ރުއްދަނޑު ޓީމަށް ގޯލްތައް ޖަހާދިނީ  މުހައްމަދު ރަޝީދު، ރިފްއަތު އަދި ޝާފިއުއެވެ. އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އާދިލް އެވެ.

 

އަލްފާ ބްރާވޯ އަށް 3 ލަނޑުވެސް ކާމިޔާބުކޮށްދިނީ މަފާޒް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އާދިލް އެވެ.

 

އަންހެން ބައިގެ ފައިނަލް މެޗު ފްލޮރެންސް ޓީމުން ކާމިޔާބު ކުރީ 2-1 ން ސެންނޯރަސް ބަލިކޮށްގެންނެވެ.

 

ފްލޮރެންސަށް 2 ގޯލު ކާމިޔާބުކޮށްދިނީ  އާގިލާ އާއި ޒައިނާއެވެ. ސެންނޯރަސްއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ގޯލް ޖަހައިދިނީ ޔުމްނާއެވެ.  ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް ޔުމްނާއެވެ.  ފައިނަލް މެޗަށްފަހު ޗެމްޕިއަން ޓީމުތަކަށް ވަނީ ވާދައިގެ ތައްޓާއި މެޑަލް އާއި ފައިސާގެ އިނާމުވެސް ދީފައެވެ.

 

 

 

 



Leave a Comment:

Comments will be published after moderation.