News

އިންޓަރ ސްކޫލް: ޖަމާލުއްދީނު އަތުން ހޯދި މޮޅާއިއެކު ތާޖުއްދީނު މުބާރާތުގައި އުއްމީދު އާކޮށްފި

3 މާރިޗު 2019






މިހާރު ކުރިއަށް ދާ މަމެން އިންޓަރ ސްކޫލް ފުޓްބޯލް މުބާރާތުގެ، 15 އަހަރުންދަށުގެ އުމުރުފުރާގެ މުބާރާތުގައި ގްރޫޕް އޭ ގައި ޖަމާލުއްދީން ސްކޫލް އާއި ތާޖުއްދީން ސްކޫލް ބަށްދަލުކުރި މެދޔ 0-2 ގެ ނަތީޖާއަކުން ޖަމާލުއްދީންގެ މައްޗަށް ތާޖުއްދީންއިން ކުރި ހޯދައިފިއެވެ.

މި މޮޅާއިއެކު ކުޅުނު ފުރަތަމަ މެޗުން ގާޒީ ސްކޫލްއަތުން ބަލިވެފައިވާ ތާޖުއްދީނުގެ ޓީމަށްވަނީ މުބާރާތުގައި ކުރިއަށް ދިއުމަށް އުއްމީދު އާވެފައެވެ. އަނެއްކޮޅުން ޖަމާލުއްދީން މިމެޗާއި ކުރިމަތިލީއިރު، އެ ޓީމު ވަނީ ހުރަވީ ސްކޫލްގެ މައްޗަށް 0-4 ނަތީޖާއަކުން ކުރިހޯދާފައެވެ.

މެޗުގެ ކުޅުން ދެ ޓީމުންފެށީ ދާދި އެއް ހަމައެއްގައެވެ. ނަމަވެސް މެޗު ކުރިއަށް ދިޔަވަރަކުން ތާޖުއްދީން ފެންނަމުންދިޔައީ މެޗުން މޮޅެއް ހޯދުމަށްޓަކައި މާބޮޑަށްވެސް ބޭނުންފައި ތިބި ތަނެވެ. ގިނަ ވަގުތު ޖަމާލުއްދީންގެ ހާފުގައި ބޯޅަ ގެންގުޅުނީވެސް ތާޖުއްދީން ޓީމުންނެވެ. ލިބޭ ބޯޅަތައް ވީހާވެސް އަވަހަކަށް ކުރިއަށް ފޮނުވައިގެން ގޯލެއް ޖަހަން މަސައްކަތްކުރަމުން ދިޔަ މަންޒަރު ވަރަށް ބޮޑަށް ފާހަގަވިއެވެ.

ނަތީޖާއަކަށްވީ މެޗުގެ ފުރަތަމަ ހާފުގެ 12 ވަނަ މިނެޓްގައި ތާޖުއްދީން ގޯލެއް ކާމިޔާބުކޮށް ލީޑު ނެގުމެވެ. ތާޖުއްދީން ޓީމުގެ ހުސެއިން އިޔާސް ކާމިޔާބުކޮށްދިން ގޯލްއިން ތާޖުއްދީން ލީޑް ނެގިއިރު ފުރަތަމަ ހާފުގައި މަދުން ނަމަވެސް ތާޖުއްދީނުގެ އޭރިއާ ތެރެއަށް ކުޅެވޭ ބޯޅަތައް ޖަމާލުއްދީނުގެ ޓީމަށް ދިޔައީ ބޭނުން ނުހިފިގެންނެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ފުރިހަމަވީ ތާޖުއްދީން 0-1 ނަތީޖާއަކުން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން 14 ވަނަ މިނެޓްގައި ތާޖުއްދީނުން ވަނީ ދެވަނަ ގޯލެއް ޖަހައި ލީޑް ފުޅާކޮށްފައެވެ. މިފަހަރު އެޓީމަށް ގޯލް ކާމިޔާބުކޮށްދިނީ މުޙައްމަދު ސާއިން އެވެ.

ޖަމާލުއްދީނުން ދަނޑުމަތިން ޓީމުގެ ބައެއް ކުޅުންތެރިން ކުޅެމުން އައި މަޤާމްތައް ބަދަލުކޮށް މެޗުގެ ނަތީޖާ އަނބުރާލުމަށް މަސައްކަތްކުރިނަމަވެސް މާބޮޑު ތަފާތެއް ފެނިގެންގޮސްފައެއްނުވެއެވެ.

މި ގްރޫޕްގައި މި މެޗުގެ ކުރިން ގާޒީ ސްކޫލްއަދި ހުރަވީ ސްކޫލް ބަށްދަލުކުރި މެޗު ގާޒީ ބޮޑު ތަފާތަކުން ކާމިޔާބުކޮށް ގްރޫޕް ސްޓޭޖްގައި ބާކީ އެއްމެޗު އޮތްވައި މިވަނީ ކްއާޓަރ ފައިނަލުން ޖާގައެއް ޔަގީންކޮށްފައެވެ. މި މެޗުން ޖަމާލުއްދީން މޮޅުވިނަމަ ޖަމާލުއްދީން ޓީމަށްވެސް ކްއާޓަރ ފައިނަލް ޖާގައެއް ޔަގީންވާނެއެވެ. ދެން ގްރޫޕް ތާވަލްގެ އެއްވަނަ ދެވަނަ ކަނޑައެޅިގެންދާނީ ގްރޫޕް ސްޓޭޖް ފަހު މެޗުތަކުންނެވެ. ނަމަވެސް ޖަމާލުއްދީން މި މެޗުން ބަލިވުމުން ޖަމާލުއްދީނަށް ކްއާޓަރ ފައިނަލަށް ދަތުރުކުރުމަށް ކުރަން އޮތް މަސައްކަތް އިތުރަށް އުނދަގޫވާނެއެވެ. ސަބަބަކީ ޖަމާލުއްދީން ގްރޫޕް ސްޓޭޖް ފަހު މެޗުގައި ބަށްދަލުކުރަން ޖެހޭނީ މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ގާޒީ ސްކޫލް އާއެވެ.

އަނެއްކޮޅުން ތާޖުއްދީން މިމެޗުގައި ހޯދި މޮޅާއިއެކު މުބާރާތުގައި ކުރިއަށް ދިއުމުގެ އުއްމީދުތައް މިވަނީ އާކޮށްފައެވެ. ޖަމާލުއްދީނާއި ހިލާފަށް ކްއާޓަރ ފައިނަލަށް ދިއުމަށް ތާޖުއްދީނަށް އޮތީ މާބޮޑަށްވެސް ފަހި ފުރުސަތެކެވެ. އެއީ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ތާޖުއްދީން ބަށްދަލުކުރާނީ މުބާރާތުގައި ކުޅުނު ފުރަތަމަ ދެމެޗުން ބަލިވެ މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލިފައިއޮތް ހުރަވީ ސްކޫލްއާއެވެ. މި ދެ ޓީމުގެ ފެންވަރަށް ބަލައި މި މެޗުން ކުރި ހޯދާނީ ތާޖުއްދީނު ކަމަށް ވަރަށް ބޮޑަށް ޤަބޫލްކުރެވެއެވެ.

 

މި އަހަރުގެ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ސްޕޮންސަރަކަށް އެފް.އޭ.އެމް އިން މިވަނީ ދުވަސްވީ ސްޕޮންސަރ މައިލޯ ދޫކޮށްލުމަށްފަހު ދިރާޤް ހަމަޖައްސާފައެވެ. މި އުމުރު ފުރައިގެ މުބާރާތުގެ މެޗުތައް ކުރިއަށް ދާނީ ޤައުމީ ފުޓްބޯޅަ ދަނޑުގައެވެ. މެޗުތައް ބެލުމަށް ދަނޑަށް ވަނުމަށް އެދޭ ހުރިހާ ފަރާތްތަކަށް ހިލޭ ދަނޑަށް ވަނުމުގެ ފުރުސަތުވަނީ އެފް.އޭ.އެމް އިންތިޒާމްކޮށްފައެވެ.

(ފޮޓޯ: އިމޭޖަސް.އެމްވީ)

ޓްވާރޑްސް ފިއުޗަރ އިންޓަރ ސްކޫލް ފުޓްބޯލްޓް

Leave a Comment:

Comments will be published after moderation.