News

ސަސްގެ ކޯޗަކަށް ނާދު

13 ސެޕްޓެމްބަރު 2020






މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ  ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ  ކޯޗު ކަމަށް އަހުމަދު ނާޝިދު (ނާދު) ހަމަޖައްސައިފިއެވެ.  

 

ނާދު އާއި އެކު ސަސްއިން ހަދާފައިވަނީ އެއް އަހަރު ދުވަހު އެއްބަސްވުމެކެވެ. ސަސް އާއި ނާދު ގުޅުނުއިރު މިހާރު އެޓީމުގެ ކޯޗިން ސްޓާފުންނަކީ ނާދުގެ އިތުރުން ހަސަން ހަމީދު (ޑަކޭ) އާއި މުހައްދު ފަރީދު (ފަރިއްޓެ) އެވެ. 

 

ނާދު އަކީ ކޯޗިން ކެރިއާ ގައި ތަޖުރިބާ ބޮޑު ކޯޗެކެވެ. ނާދު ވަނީ ގައުމީ ޓީމުތަކާއި ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް މީގެ ކުރިން ވެސް ކޯޗު ކޮށްދީފައިވާ.  

 

މި ތަޖްރިބާ ކާރު ޒުވާން ކޯޗިން ޓީމާއެކު ސަސްއިން އަމާޒު ހިފާފާއިވަނީ ފުރަތަމަ ޑިވިޝަނުގެ ރަނގަޅު މަގާމެއްގައި ހަމަޖެހިލުމަށެވެ.  އެގޮތުން ރަނގަޅު ޓީމަކާއި އެކު ގަދަ ފަހެއްގައި ހިމެނުމަށް އެ ޓީމުން މަސައްކަތް ކުރާނެ ކަމަށް ބެލެވެއެވެ.  

SUS-Super United Sports

Leave a Comment:

Comments will be published after moderation.