News
އޭއެފްސީ ކަޕް އެންމެ ފަހުން ކެންސަލް!
10 ސެޕްޓެމްބަރު 2020
ކޮވިޑް 19 ގެ ސަބަބުން އޭއޭފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގެ ބައެއް މެޗުތައް ކުރިޔަށް ގެންދެވޭވެ އަލި މަގެއް ފެނިފައިނުވާތީ މުބާރާތް ކެންސަލް ކޮށްފިއެވެ.
އޭއެފްސީ ކަޕް 2020 ކެންސަލްކޮށްފައިވަނީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންގެ މެދުގައި ޓެލެކޮންފަރެންސިންގެ ޒަރިއްޔާއިން މިއަދު ބޭއްވި އޮންލައިން ބައްދަލުވުމެއްގައެވެ.
އޭއެފްސީ ކަޕް ކެންސަލް ކުރިނަމަވެސް ކުރިޔަށް އޮތްތާންގައި ޗެމްޕިއަންސް ލީގު ފުރިހަމަކުރާނެ ކަމަށް އޭއެފްސީން ބުނެއެވެ.
ބައެއް ކުލަބުތަކުން އެއް މެޗު ކުޅެފައިވަނިކޮށް ހަލުވިކަމާއެކު ކޮވިޑް ފެތުރެން ފެށުމުން އޭއެފްސީ ކަޕް މެދުކަނޑާލީ މާޗްގައެވެ. އެހެންނަމަވެސް ފަހުން ހަމަޖެއްސީ ގުރޫޕް ސްޓޭޖްގެ މެޗުތައް އެއް ސްޓޭޑިއަމެއްގައި ކުޅޭ ގޮތަށް އަންނަ އޮކްޓޯބަރު ފަހުކޮޅާއި ނޮވެމްބަރުގެ ފުރަތަމަ ހަފްތާ ގައި ގްރޫޕް ސްޓޭޖްގެ މެޗުތައް ކުޅުމަށެވެ. އަދި އަލުން ށެޑިއުލް އެކުލަވާލާ އޭއެފްސީގެ ވެބްސައިޓްގައި ވަނީ އާންމުވެސް ކޮށްފައެވެ.
އެހެންނަމަވެސް ބައެއް ފުރޫޕުތަކުގެ މެޗުތައް ކުޅޭނެ ގައުމެއް ހަމަޖެހިފައިނުވާއިރު މި މުބާރާތް އެއް ކޮށް ކެންސަލް ކުރީއެވެ. މުބާރާތް ކެންސަލް ކުރުމުގެ ސަބަބުން އޭއެފްސީ ކަޕްގައިވާދަކުރާ ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާއަށް ވަރަށް ބޮޑު ގެއްލުމެއް ދައްކާނެއެވެ. މި ދެޓީމުންވެސް ވަނީ އޮކްޓޯބަރަށް ތައްޔާރުވުމުގެ ގޮތުން ބޮޑެތި ހޭދަތަކެއް ކޮށް ޓްރާންސްފާ ބާޒާރުގައި އަގުބޮޑު ކުޅުންތެރިންތަކެއްގެ ސޮއިވެސް ހޯދާފައެވެ. މާޒިޔާއިން ވަނީ ތަޖްރިބާކާރު ކޯޗު މުހައްމަދު ނާޒިމް (ނާޒިމް)ބެ އެ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް އިސްކޮށް އޭނާގެ ބެލުމުގެ ދަށުން ވަނީ ޕްރެކްޓިސްވެސް ފަށާފައެވެ.
އޭއެފްސީކަޕްގެ ގުރޫޕް ސްޓޭޖްގެ މެޗުތައް މެދުކަނޑާލުމުގެ ކުރިން ޓީސީ ސްޕޯޓްސް ކުލަބުން ވަނީ ބަނގްލަދޭޝްގެ ބަޝޫންދުރަ ކިންގް އާއި ދެކޮޅަށް މެޗެއް ކުޅެފައެވެ. އަދި މާޒިޔާއިން ވަނީ އިންޑިޔާގެ ޗެންނާއީ ސިޓީ އެފްސީ އާއި އެކު މެޗެއް ކުޅެފައެވެ.
AFC Cup Maziya Sports and Recreation Club TC Sports Club