News
މައީޝްގެ ކަކުލު އޮޕަރޭޝަނެއް ކޮށްފި: އީގަލްސް
10 ސެޕްޓެމްބަރު 2020
އީގަލްސްގެ 16 އަހަރުން ދަށުގެ ޓީމުގައި ހިމެނޭ ކުޅުންތެރިޔާ އަހުމަދު މައީޝް މުހައްމަދު ކަކުލުގެ އޮޕަރޭޝަނެއް ކޮށްފިއެވެ.
މައީޝްގެ ވާތު ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައިވަނީ ބުދަ ދުވަހު އޭޑީކޭ ހޮސްޕިޓަލުގައެވެ. އޭނާގެ އޮޕަރޭޝަން ކާމިޔާބުކަމަށް ބުނެ އީގަލްގެ ފުޓްބޯޅަ އެކަޑަމީގެ ފޭސްބުކު ޕޭޖްގައި ވަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދި ޕޯސްޓެއްވެސް ކޮށްފައެވެ.
މައީޝްގެ އިތުރުން އޭޑީކޭގައި ވަނީ ދާދިފަހުންވެސް ބައެއް ފުޓްބޯޅަ ކުޅުންތެރިންގެ ކަކުލުގެ އޮޕަރޭޝަންތައް ކޮށްފައެވެ. އެގޮތުން އީގަލްސްގެ ހަސަން ހައިޝަމް (ބިޑި) ވަނީ އޭޕްރީލް 2020 ގައި ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ. އަދި މާޒިޔާގެ ކެޕްޓަން އައްސަދުﷲ އަބްދުﷲ ވަނީ މާޗް 2020 ގައި ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ. ފޯކައިދޫ އެފްސީގެ ވައިސް ކެޕްޓަން މުހައްމަދު ޖައިލަމް (އޮގީ)ވެސް ވަނީ މިއަހަރު ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ. މީގެ އިތުރުން ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ފަދުވާ ޒާހިރުވެސް ވަނީ މާޗް 2020 ގައި ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ.
ކާމިޔާބުކަމާއި އެކު މި އޮޕަރޭޝަންތައް އޭޑީކޭގައި ކުރިޔަސް ގެންގޮސްދެއްވާފައިވަނީ ކަށީގެ ހާއްސަ ޑޮކްޓަރ ހުސެއިން ޝަކީލް އާއި އެބޭފުޅާގެ ޓީީމުގައި ހިމެނިވަޑައިގަންނަވާ ތަޖްރިބާކާރު ސިއްހީ ތަޖްރިބާކާރުންނެވެ.
ބުދަ ދުވަހު މައީޝްގެ ވާތުކަކުލުގެ އޮޕަރޭޝަން ކާމިޔާބުކަމާއި އެކު ކުރިޔަށް ގެންދެވިފައިވާއިރު ބޯޅަ އެމްވީންވެސް މައީޝް އަށް އަވަސް ޝީފާއަކަށް އެދެމެވެ.
Club Eagles