News

ދަގަނޑޭއަށް ބޯޅައެމްވީގެ ބްރޭންޑް އެމްބެސެޑަރު ކަން ދީފި

9 ސެޕްޓެމްބަރު 2020






ރާއްޖޭ އާއި ރާއްޖޭން ބޭރުގެ ކުޅިވަރު ހަބަރުތައް ކަވަރު ކުރާ ބޯޅަ އެމްވީގެ ބްރޭންޑް އެންބެސެޑަރު ކަމަށް އަލީ އަޝްފާގު (ދަގަނޑޭ) ހަމަޖައްސައިފި އެވެ.

 

ބޯޅަ އެމްވީން ބުނީ ފުޓްބޯޅައިގެ ޕްރޮމޯޝަނަލް ކަންކަމުގައި ބޯޅައެމްވީ އާއި އެކު ދަގަނޑޭ މަސައްކަތް ކުރާނެ ކަމަށެވެ. 

 

ބްރޭންޑް އެމްބެސެޑަރަކަށް ދަގަނޑޭ ހަމަޖެއްސުމަށްފަހު ބޯޅައެމްވީ ވަނީ ރީބްރޭންޑް ކޮށްފައެވެ. އެގޮތުން ބޯޅަ އެމްވީގެ ލޯގޯއާއި ކުލައަށްވެސް ވަނީ ބަދަލުގެނެސްފައެވެ. 

 

2015 އިން ފެށިގެން ކުޅިވަރު ހަބަރުތައް ގެނެސްދޭ ބޯޅަ އެމްވީ އިން ދެން ހަބަރުތައް ގެނެސްދޭނީ ހަމައެކަނި ފުޓްބޯޅަ އަށް ހާއްސަކޮށްގެންނެއެވެ. ބޯޅައެމްވީ އަމާޒަކީ ފުޓްބޯޅަ ކުރިއަރުވާ ފުޓްބޯޅަ ތަރައްގީ ކުރުމަށް އެހީތެރިވެ ދިނުމެވެ. 

 

ބޯޅައިން ބުނީ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ފުޓްބޯޅައަށް ސަޕޯޓަރުންގެ ލޯބި އިތުރުކޮށް މެޗުތައް ކުޅޭއިރު ދަނޑަށް ވީހާވެސް ގިނަ މީހުން މެޗުތައް ބެލުމަށް ވެއްދުން ކަމަށްވެސް ބޯޅައެމްވީ އިން ބުނެއެވެ. 

 

މިއާއެކު ބޯޅައެމްވީން ވަނީ އެ ވެބްސައިޓް މެދުވެރިކޮށް އިޝްތިހާރު ކުރުމުގެ ފުރުސަތު ވެސް އާންމުކޮށް ހުޅުވާލާފައެވެ.



Leave a Comment:

Comments will be published after moderation.